ދިވެހިރާއްޖެ
ގުޅީފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ހުޅުމާލެ އިން ފްލެޓް ޙަވާކުރުމުގައި، އިސްކަން ދޭނެ ތަރުތީބު ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ފޯމް ހުށަހެޅުއްވުމަށް އިތުރު ފުރުޞަތު މިއަދުން ފެށިގެން 01 އޯގަސްޓް 2017 ވާ (އަންގާރަ) ދުވަހުގެ 13:30 ގެ ނިޔަލަށް ހުޅުވާލަމެވެ. މި މުއްދަތުގެ ތެރޭގައި ފޯމް ހުށަނާޅާ ފަރާތްތަކަށް މިފަހަރު ހުޅުމާލެ އިން ޙަވާލުކުރާ ފްލެޓް ޙަވާލުކުރުމުގައި އިސްކަން ދިނުމުގެ ފުރުޞަތު ނުލިބޭނެކަން އަންގަމެވެ. ނަމަވެސް އެފަރާތްތަކަށް ވެސް ކުރިއަށް އޮތްތަނުގައި ހުޅުމާލެއިން ނިމެމުންދާ ފްލެޓްތަކުގެ ތެރެއިން އެއިރަކަށް ކަނޑައެޅޭ ޢަދަދެއްގެ ތެރެއިން ފްލެޓް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.
ވީމާ، މި މުއްދަތުގެ ތެރޭގައި މި މިނިސްޓްރީ އަށް ފޯމް ހުށަނާޅުއްވާ ފަރާތްތަކަށް މިފަހަރު ހުޅުމާލެއިން ފްލެޓް ޙަވާލުކުރުމަށް އިސްކަންދޭ ތަރުތީބު ލިސްޓުގައި ހިމެނުމަށް ހަމަޖެހިފައި ނުވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.