މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

ނަމްބަރ:IUL)297/INDIV/2017/34)

 

އިޢުލާން

 

އަންދާސީ ހިސާބުބޭނުންވެއްޖެ

 

މިއިދާރާގެ ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިއިދާރާއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ވެބްސައިޓް ފަރުމާކުރުމާއި ޑިވެލޮޕް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

2017 ޖުލައި 17 ވާ ހޯމަ ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2017 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ 10:30 ގައި

މިކަމަށް  އެދިހުށައަޅާ ފަރާތްތަކުގެތެރެއިން ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްވާނަމަ އެސްޓިމޭޓްއާއި އެކު ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ ނުވަތަ ޓިން ނަންބަރ ހުށައެޅުއްވުންއެދެމެވެ. އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ، ބިޑް ހުށަހަޅާއިރު ބިޑާއިއެކު ކުރިން ފަރުމާ ކުރައްވާފައިވާ ވެބްސައިޓްތަކުގެ ޕޯރޓްފޯލިއޯ ހުށަނާޅުއްވާ ފަރާތްތަކުގެ ބިޑް ގަބޫލުނުކުރުވެނޭވަހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ހުށަހެޅުމަށް މާކްސް ދޭ ކްރައިޓީރިއާ

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާރކްސް
  • މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  • މި ބައިގަމާރކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑަމުއްދަތު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

                        13 ޖުލައި 2017

13 ޖުލައި 2017
ހޯދާ