ދިވެހިރާއްޖެ
މަދުރަސަތުއް ސުލްޠާން މުޙައްމަދު
ގއ.ދެއްވަދޫ
ދިވެހިރާއްޖެ ނަމްބަރ: GS-200/2017/15
ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބަލަހައްޓައިދޭނެ މުވައްޒަފުން ބޭނުންވެއްޖެ! |
މި މަދުރަސާގެ ނަމްބަރ GS-200/2017/14 (ޖުލައި 2, 2017) ގެ އިޢުލާނަށް އެކަށީގެންވާ ޢަދަދަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މި މަދްރަސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް 1 އަހަރު ދުވަހަށް ކޮންޓްރެކްޓް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ސެކިއުރިޓީ (ކޮންޓްރެކްޓް)
ބޭނުންވާ ޢަދަދު: 3 (ތިނެއް)
މުސާރަ: 3100.00ރ. (ތިންހާސް އެއްސަތޭކަ ރުފިޔާ)
ސާރވިސް އެލަވަންސް: 1000.00ރ. (އެއްހާސް ރުފިޔާ)
ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
ވީމާ، މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 23 ޖުލައި 2017ވާ (އާދީއްތަ) ދުވަހުގެ މެންދުރު 13.00 ގެ ކުރިން ވަޒީފާ އަށް އެދޭ ފޯމާއި، މުއްދަތު ހަމަނުވާ އައި،ޑީ ކާޑުގެ ކޮޕީ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
19 ޝައްވާލު 1438
13 ޖުލައި 2017