ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރ : (IUL)138-AS6/1/2017/146 އިޢުލާނާއި ގުޅިގެން އެ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީވެ، މި މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 16 ވާ އާދީއްތަ ދުވަހުގެ 12:30 އަށް ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 19 ވާ ބުދަ ދުވަހުގެ 12:30 އަށް ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 ޖުލައި 16 ވާ އާދީއްތަ ދުވަހުގެ 13:00 އިން ފެށިގެން 2017 ޖުލައި 19 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް މިނިސްޓްރީގެ ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 6288-779 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
18 ޝައްވާލް 1438 ހ.
12 ޖުލައި 2017މ.