މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހުގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ނަންބަރ : (IUL)138-AS6/1/2017/145 އިޢުލާނާއި ގުޅިގެން އެ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީވެ، މި މަސައްކަތް  ކުރުމަށް އަލުން އިޢުލާން ކުރަމެވެ.  

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 16 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 19 ވާ ބުދަ ދުވަހުގެ 13:00 އަށް ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.  

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 ޖުލައި 16 ވާ އާދީއްތަ ދުވަހުގެ 13:30 އިން ފެށިގެން 2017 ޖުލައި 19 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިނިސްޓްރީގެ ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 6288-779 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

18     ޝައްވާލް   1438 ހ.

12      ޖުލައި    2017މ.

12 ޖުލައި 2017
ހޯދާ