ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2017/37
އިޢުލާން
ރަށު ފަޅަށް ވަންނަ ތާވަޅު :
މިދުވަސްވަރަކީ ރަށު ފަޅަށް ތާވަޅު ވަންނަމުންދާ ދުވަސްވަރެއް ކަމުން މި ތާވަޅުގަނޑު ހިމާޔަތް ކުރުމަކީ ރައްޔިތުންނަށް މުހިއްމުކަމެއް ކަމުގައި މިކައުންސިލުން ދެކެމެވެ.
ތާވަޅުގަނޑުން އެންމެ އެދެވޭ ނަފާ ލިއްބައިދެނީ އެތާވަޅުގަނޑެއްގައި މުށިމަސް އަޅާ އެމުށިމަހުގެ ބޭނުން ރައްޔިތުންނަށް ހިފޭނެ ދުވަހެއް އައުމުން ކަމުގައި އަޅުގަނޑުމެން ދެކެމެވެ.
އެހެންކަމުން މިތާވަޅުގަނޑުގެ ސަބަބުން ރައްޔިތުންނަށް ލިއްބައިދެވޭނެ ކަމަށް މިކައުންސިލުން ގަބޫލުކުރާ ލާބައާއި މަންފާ ލިއްބައި ދިނުމަށް އަޅުގަނޑުމެންނަށް ތިޔަ ލޮބުވެތި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ވާހަކަ ދެންނެވީމެވެ.
ވީމާ، ރަށުފަޅުގައިވާ ތާވަޅަށް ގޯނާއެއްވާނޭ އެއްވެސް ކަމެއް ނުކުރެއްވުމަށް ނަސޭޙަތްތެރިވަމެވެ.
ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަޅުގަނޑުމެން ގޮވާލާ މިފަދަ ކަންކަމަށް ތިޔަ ލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
18 ޝައްވާލް 1438