ދިވެހިރާއްޖެ
c
Secretariat Of Omadhoo Council South Ariatholhu އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
Omadhoo, Rep. of Maldives އޮމަދޫ،ދިވެހިރާއްޖެ
ނަންބަރ: (IUL)348-EM/348/2017/20
އިޢްލާން
ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ
މި ކައުންސިލާއި އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓް ހިމެނޭ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބެލެ
ހެއްޓުން 2017 އޯގަސްޓް 01 ން 2017 ޑިސެމްބަރ ގެ ނިޔަލަށް އައުޓްސޯސްކޮށްގެން ކޮންޓެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް
ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ދެންނެވި އުސޫލުން މިކަން ކޮށްދެވޭނެ ފަރާތްތަކުން 2017 ޖުލައި 16 ވަނަ ދުވަހުގެ
13:00 ގައި މި ކައުންސިލްގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި
25 ވަނަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ޙާޟިރުވެނުލައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ
ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.
18 ޝައްވާލު 1438 ހ
12 ޖުލައި 2017 މ
ޢަބްދުﷲ ނިޔާޒް
އދ. އޮމަދޫ ކައުންސިލްގެ ރައީސް