ދިވެހިރާއްޖެ
އިޢުލާން
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ވެށި ސާފުކުރުމާއި، ކުނި މެނޭޖުކުރުމުގައި ތިމާވެއްޓާއި ރައްޓެހި އުސޫލުތަކާއި، އާދަތައް ގެންގުޅޭ މިންވަރުބެލުމަށްފަހު ފާހަގަކޮށްލެވޭ ނަމޫނާ ފަރާތްތަކަށް 'ތްރީ އާރު އެވޯޑް" ގެ ނަމުގައި ޝަރަފްވެރިކަމުގެ އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑު ދިނުމުގެ މަގުޞަދަކީ މިދެންނެވި ކަންކަން ހާސިލްކުރުމަށް އެފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމެވެ. މި އެވޯޑު ޑިޒައިންކުރުމުގެ މަސައްކަތްވަނީ މިހާރު ކޮށްނިމިފައެވެ. އަދި ތައްޔާރުކުރެވިފައިވާ ޑިޒައިނާއި އެއްގޮތަށް މި އެވޯޑު އުފައްދައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން 19 ޖޫން 2017 ވީ ހޯމަ ދުވަހު ކުރި ނަންބަރު IUL)438-WMPC/438/2017/125) އިޢުލާނަށް އެކަށީގެންވާވަރަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ނުވާތީ މިކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
މި މިސައްކަތުގެ "މަޢުލޫމާތު ކަރުދާސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 23 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018431 960+ ފެކްސް: 3018301 960+
ނޯޓް:
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން ނުވަތަ އީމެއިލް އިން އަދި ފޯނުން ނަމަ ތިރީގައިވާ ނަންބަރަށް 23 ޖުލައި 2017 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ
ފޯނު: 3018422 / 3018343
އީމެއިލް: [email protected]