ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 އަންދާސީ ހިސާބު ބޭނުންވެއްޖެ                                               

 މިސްކޫލުގެ ދަރިވަރުން ކުޅޭ ސަރަހައްދު ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS126/2017/IL13 އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރި ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން 17 ޖުލައި 2017 ވާ ހޯމަ     ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ  މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު  ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މި އުރައިގެ ބޭރުގައި ސްކޫލަށް އެޑްރެސްކޮށް  "ކުޅޭ ސަރަހައްދު ހިޔާކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައި 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލުގެ ލައިބްރަރީގައެވެ. މިބައްދަލުވުމަށް އަންދާސީ ހިސާބު ހުށަހެޅި ފަރާތަކަށް ހާޟިރުވެވެން ނެތް ނަމަ އެފަރާތެއްގެ ބަދަލުގައި އެކަން އަންގައިދޭ ލިޔުމަކާއި އެކު އެހެންފަރާތަކަށް ހާޟިރުވެވިދާނެ ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ގަޑިޖެހޭ އިރު ހާޟިރުނުވެވޭ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެކަމުގައިވެސް ދެންނެވީމެވެ.އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ޤާނޫނު ނަންބަރ 18/2014 ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކާއި،ޤާނޫނު ނަންބަރު 19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.                                        

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.                            

12 ޖުލައި 2017
ހޯދާ