އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގައި ކިޔަވައިދިނުމުގެ ފުރުޞަތު

މަޤާމް :ލެކްޗަރަރ
ބޭނުންވާ އަދަދު :1

މިއިދާރާގެ IUL)426-CB/426/2017/101) ( 09 ޖުލައި 2017)  ނަމްބަރު އިޢުލާނުގައިވާ މޮޑިއުލްތަކުގެ ތެރެއިން، މޮޑިއުލް 4 އަދި 5 ގެ ނަން އިސްލާޙުކުރަންޖެހޭތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން، 2017 އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ، 'ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް' ގައި ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.       

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް

hours

Module Name

NO

50

Public Policy Formation

1

50

Role of Civil Service

2

50

General Management and Leadership

3

50

Conflict Mediation, Negotiation and Resolution

4

50

Financial Oversight and Measuring Results and Budgeting

5

50

Media / Presentation Skills

6

50

Entrepreneurship

7

50

Managing Reform and Change

8

ޝަރުތު:

  • ކިޔަވައިދެއްވާ މޮޑިއުލް އަކާގުޅޭ ދާއިރާއަކުން ޑިގްރީއެއް ޙާޞިލްކޮށްފައިވުން

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް

  • ތަޢުލީމް
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތު ތަޖުރިބާ

އުޖޫރަ

  1. ނަންގަވައިދެއްވާ ކޮންމެ ގަޑިއަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
  2. ޕޭޕަރު ތައްޔާރުކުރުމަށާއި މާރކުކުރާ ކޮންމެ ޕޭޕަރަކަށް -/35ރ (ފަންސަތިރީސް ރުފިޔާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކިޔަވައި ދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ހުށަހަޅާ ސިޓީ
  2. ވަނަވަރު
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓްސްޓްކޮށްފައިވާ ސާފު ކޮޕީ
  4. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިން ދުވަހު، އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ހަމަޖައްސާ ތަނެއްގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 18 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މެއިލްކުރައްވާނަމަ، މިއިދާރާގެ އެޗް.އާރު ސެކްޝަންގެ މެއިލް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

17 ޝައްވާލް 1438

11 ޖުލައި 2017
ހޯދާ