ޕްރޮޖެކްޓްސް އޮފިސަރ ބޭނުންވާ ޢަދަދު - 01
|
މުސާރަ: 11،500.00 ރ
|
ފުޑް އެލަވަންސް: 1050.00ރ
|
ލިވިންގް އެލަވަންސް: -
|
ސެޓްފިކެޓް އެލަވަންސް: 4600.00ރ
|
އެޓެންޑެންސް އެލަވަންސް: ދުވާލަކަށް 20.00ރ
|
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު ސައިޓް
|
ޝަރުޠު:
- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
- ނުވަތަ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގ ގެ ދާއިރާ އިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުމާއިއެކު، ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- އޮޓޯ ކެޑް ބޭނުން ކުރަން އެނގުމާއި ޑްރާފްޓިންގ އެންޑް ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުން ކުރަން އެނގުން.
- އާކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސާރވިސް ޑްރޯވިންގްސް ކިޔަން އެނގުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ގުޅިފަޅު ސައިޓުގައި ކުރަންޖެހޭ އެންމެހާ މަރާމާތު މަސައްކަތްތައް ބަލަހައްޓާ އެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި ރޭވުމަށް އެހީތެރިވެދިނުން.
- ކުންފުނީގައި ހިންގާ ޕްރޮޖެކްޓްތައް މުރާޖަޢާކޮށް ޕްރޮޖެކްޓަށް ބޭނުންވާ ތަކެއްޗާއި މަސައްކަތަށް ޚަރަދުވާނެ ފައިސާ އަންދާޒާކޮށް ބަޖެޓް ތައްޔާރުކޮށްދިނުމަށް އެހީތެރިވުން.
- ކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓެކްނިކަލް ކުރެހުންތައް ތައްޔާރުކޮށްދިނުމަށް އެހީތެރި ވެދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ސެޓްފިކެޓުތަކުގެ ކޮޕީ
- ކުރީގައި ވަޒީފާ އަދާކޮއްފައިވާތަނުގެ ލިޔުން.
- ސުންގަޑި: 25 ޖުލައި 2017 ވަނަ ދުވަހުގެ 16:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 16:00 އަށެވެ.)
- ހުށަހަޅަންވީ ތަން: ހ.ހުޅުގަލި ހަތަރުވަނަ ފަންގިފިލާ، ކަރަންކާ މަގު، މާލެ، ދިވެހިރާއްޖެ.
|
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް
އީމެއިލް އެޑްރެސް: [email protected]
|