މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނ. ކުޑަފަރީ ގައި ވާރޭފެން ނަގައި ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު

 

މި ރަށުގެ، ތިރީގައި މި ދަންނަވާ ސަރަޙައްދުތަކުގައި ވާރޭފެން ނަގައި ރައްކާކުރާނޭ ނިޒާމު ޤާއިމުކުރަން ބޭނުންވެއެވެ.

(1)  ރޯޒްމީޑް ސައިޓް (ރޯޒްމީޑް ގޭގެ އިރުމަތިން އޮތް ހުސް ބިން)

(2)  އީ-ސެންޓަރ ސައިޓް (އީ-ސެންޓަރ ޢިމާރާތް ހުރި ގޯތީގައި އީ-ސެންޓަރ ޢިމާރާތުގެ އިރުމަތިން މަގުފާރާ ދޭތެރޭ އޮތް ސަރަޙައްދު)

 

މި މަޝްރޫޢާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2017 ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.00 ގައި މި އިދާރާ ގައެވެ. ބިޑު ހުޅުވުން އޮންނާނީ 2017 ޖުލައި 24 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1.00 ގައި މި އިދާރައިގައެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަޝްރޫޢުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވައިލަމެވެ. ބިޑު ހުށަހަޅާނީ އެ ކަމަށް ތައްޔާރުކުރެވިފައިވާ ބީލަން ފޮތުގައެވެ. މި ފޮތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އިން މެންދުރު ފަހު 1.00 އާ ދޭތެރޭ މި އިދާރާއިން ހިލޭ ލިބޭނެއެވެ. ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. އުރައިގެ ބޭރު ގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނާންވާނެއެވެ.

 

(ހ) [ނ. ކުޑަފަރީ ގައި ވާރޭފެން ނަގައި ރައްކާކުރާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު] މި ޢިބާރާތް

(ށ) ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނޭ ނަންބަރު

(ނ) ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނޭ ވާހަކަ ދަންނަވަމެވެ.

16 ޝައްވާލް 1438ހ.

10 ޖުލައި 2017މ.

10 ޖުލައި 2017
ހޯދާ