ދިވެހިރާއްޖެ
މިމަދަރުސާގައި ފާޚާނާ އެއް ހެދުން
މި ސްކޫލްގެ ހޯލުތެރޭގައި ޕްރީސްކޫލް ދަރިވަރުންނަށް ފާޚާނާ އެއް އަމިއްލަތް ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)GS-206/PRIV/2017/06އިޢުލާން ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު 18/2014 އާއި 19/2014 އާއި ހަވާލާދީފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ |
އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާނީ |
13 ޖުލައި 2017 ވާ ބުރާސަފަތި ދުވަހުގެ 10:00 އަށް |
18 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުމަށް އެހެން މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ގޮތައް ސިޓީއެއް ފޮނުއްވަންވާނެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުންގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983084 ނަންބަރު ފޯނާއެވެ.
ވިމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.