މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

މިއިދާރާގެ ނަމްބަރ: (IUL)333/333/2016/51 (2 އޮގަސްޓް 2016) ގެއިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން މިވަޒީފާއަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

މަޤާމު

އިމާމު/މުދިމު  (1 އަހަރުދުވަހަށް ވޭޖް އެމްޕްލޮއިމެންޓްގެ ދަށުންވަގުތީގޮތުން)  

ބޭނުންވާ ޢަދަދު

5 (ފަހެއް)

މަޤާމުއޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

މާލެއަތޮޅު ތުލުސްދޫގެ މިސްކިތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތްތައް

އެއްބަސްވުމެއްގެ ދަށުންމިސްކިތްތަކުގެ އިމާމުން މުދިމުން ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ މިސްކިތަށް ޙާޟިރުނުވެވޭ ފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގި ދިނުމާއި އިމާމުވެ ނަމާދު ކުރުމާއި މަޤާމާއި ގުޅޭ އެހެނިހެން ކަންކަންކުރުން .

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

ކޮންމެނަމާދުވަގުތަކަށް

އިމާމު

ޖީއެސް 3

އެސިސްޓެންޓް ޓެކްނިކަލްއޮފިސަރގްރޭޑް1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު،

  • އިމާމުކަމުގެ ސަނަދު ލިބިފައިވުން ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަލިބިފައިވުން ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް3 ގެސަނަދެއް ޙާޞިލްކޮށްފައިވުން

39.78 ރުފިޔާ

މުދިމު

ޖީއެސް1

އެސިސްޓެންޓް އޮފިސަރ ގްރޭޑް1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު

  • އިމާމުވެ ނަމާދު ކުރަންއެނގޭ މީހެއްތޯބެލުމާއި، އިމާމުވެ ނަމާދުކުރެވޭ ވަރަށް ތަޖްވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒް އިނ ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން ނުވަތަ
  • ހުކުރުކުރުމުގެހުއްދަލިބިފައިވުން

33.77 ރުފިޔާ

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށް ބެލޭނެ ކަންތައްތައް.

  • ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ
  • ލިބިފައިވާ މަސައްކަތު ތަޖްރިބާ
  • ލިބިފައިވާ މަސައްކަތު ހުނަރާއި ޤާބިލްކަމުގެ ސިފަތައް

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚް

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2017  ޖުލައިމަހުގެތެރޭގައި ތުލުސްދޫ ކައުންސިލް އިދާރާގައެވެ. (ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކަށް އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އެންގޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް. (މި އިދާރާއިން ލިބެންހުންނާނެއެވ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވަބު ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ދާއިރާއާއި ގުޅޭ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ  ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.
  • ސިވިލްސަރވިސް ޓަރޭނިންގ އިންސްޓިޓިއުޓުން ހިންގާކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް.( އެކްރެޑިޓްކޮށްފައިނުވިނަމަވެސް)
  • ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކާއި ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތު ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ.( ކާޑުގެދެފުށުގެ ލިޔުންތައް ރަގަޅަށް ކިޔަންއެގޭފަދަ ސާފުކޮޕީ)

މަޤާމަށްއެދެންވީގޮތާއި ސުންގަޑި

  • 19 ޖުލައި 2017 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މާލެއަތޮޅުތުލުސްދޫ ކައުންސިލްގެ އިދާރާއަށް

އިތުރުމަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިއިދާރާގެ 6640183 ނަމްބަރ ފޯނާއެވެ.

 

10 ޖުލައި 2017
ހޯދާ