ދިވެހިރާއްޖެ
އިޢުލާން
18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމާއި ބެހޭ
މި ރަށުގައި ވިޔަފާރި ކުރާ ބައެއް ފަރާތްތަކުންނާއި އަދި އާންމު ބައެއް ފަރާތްތަކުން 18 އަހަރުން ދަށުގެ ކުޑަކުދީންނަށް ސިގެރެޓާއި އަދި ދުންފަތުން އުފައްދާފައި ހުންނަ ތަކެތި ވިއްކާކަމުގެ މައުލޫމާތު މިއިދާރާއަށް ލިބެމުންދާތީ، މިއީ ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ނަންބަރ 2010/15 ޤާނޫނު އިން މަނާކޮށް ފައިވާ ކަމެއް ކަމުގައިވާތީ މިފަދަ ކަންކަން ތަކުރާރު ނުކޮށް މިއަދުން ފެށިގެން މިކަން ހުއްޓާލުމަށް ނަޞީޙަތްތެރިވެ އާންމުކޮށް އަންގައި އިއުލާންކުރީމެވެ.
ވީމާ، ޞިއްޙީގޮތުން ދުޅަހެޔޮ ޖީލެއް ރަށުގައި އުފެއްދުމަށްޓަކާ ރަށުގެ ހުރިހާ ފަރާތްތަކުންވެސް މިކަން ހުއްޓުވުމަށް އެއްބާލުން ދެއްވައި ސިގަރެޓާއި އަދި ދުންފަތުން އުއްފައްދާފައި ހުންނަ އެއްވެސް ބާވަތެއްގެ އެއްޗެއް، 18 އަހަރު ނުފުރޭ ކުޑަކުދީންނަށް ނުވިއްކުމަށް އިލްތިމާސްކޮށް ދެންނެވީމެވެ.
އަދި 18 އަހަރު ފުރިފައި ވީނަމަވެސް ސްކޫލްގެ އެއްވެސް ދަރިވަރަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ވާހަކަވެސް ދަންނަމަވެ.
މިހެންވެ، އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
15 ޝައްވާލް 1438