ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2017/0013
ކުއްޔަށް ދޫކުރުން
އއ. އުކުޅަސް ފެރީ ޓާރމިނަލްގެ ގޯތިތެރޭގައި ކެފޭ/ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން:
އެމް.ޓީ.ސީ.ސީ ގެ އއ. އުކުޅަސް ފެރީ ޓާރމިނަލްގެ ގޯތިތެރޭގައި ކެފޭ/ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ކަރުދާސް ހޯދެއްވުމަށް، މި ކުންފުނީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ނުވަތަ މި ކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުމުން، މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ. މައުލޫމާތު ކަރުދާސް ދޫކުރުމުގެ ސުންގަޑިއަކީ 2017 ޖުލައި 12 ވާ ބުދަދުވަހު 14:00 އެވެ.
އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 ޖުލައި 24، ވާ ހޯމަ ދުވަހު 14:45 ގައި މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމްގައެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
12 ޝައްވާލް 1438
06 ޖުލައި 2017