ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުރީދޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ.ތުރާކުނުގައި 35 މީޓަރ އުސްމިނުގެ ޓަވަރެއް ޖެހުމަށްޓަކައި ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

                                             ނަންބަރު:  IUL)244-ESMSMS/244/2017/23

އިޢުލާން

            އުރީދޫ މޯލްޑިވްސްއިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ.ތުރާކުނުގައި 35 މީޓަރ އުސްމިނުގެ ޓަވަރެއް ޖެހުމަށްޓަކައި، ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގައި މިއިދާރާއިން ވާނީ ފެހިކުލައިގެ ދަވާދުން ނަމްބަރު ޖަހާފައެވެ.

            ވީމާ، މިބިމުގައި ހުރި ރުއްގަހުގެ ވެރިޔަކު ވާނަމަ، މިއިދާރާއިން ޖަހާފައިވާ ނަމްބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް ބަޔާންކުރައްވާ 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

            އަދި މިމުއްދަތުގެ ތެރޭގައި ސިޓީ ހުށަހަޅާފައި ނުވާނަމަ، އެރުއްގަހުގެ ވެރިޔަކު ނެތީކަމުގައި ބަލައި އެރުއްގަސްތައް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

            12 ޝައްވާލް 1438

            06 ޖުލައި  2017

06 ޖުލައި 2017
ހޯދާ