މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިޔުރިޓީ ބަލައްޓައިދޭނެ ފަރާތެއް ހޯދުމަށް:

                         މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ: GS-180/2017/174)) ގުޅިގެން އެކަމަށް އެކަށީގެންވާ ވާވަރަށް މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. 01 އޯގަސްޓް 2017 އިން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލް

ތަން

ތާރީޚް

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

މަޑިފުށީ ސްކޫލުގެ އޮފީސް

12 ޖުލައި 2017 ވާ ބުދަ ދުވަހުގެ 13:00

އަންދާސީހިސާބު ހުށަހެޅުން

މަޑިފުށީ ސްކޫލުގެ އޮފީސް

18 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 13:00

 

                   ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ހާޒިރުވާނަމަ، އެކަން ބަޔާންކޮށް އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

 

 

ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު:

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

  70 މާކްސް

ހުށަހަޅާ އަގަށް ދެވޭ މާކްސް:

މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން

ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން

ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ

އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށް.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

18 މާކްސް

ތަޖުރިބާއަށް ދެވޭ މާކްސް:

މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން

ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން

ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެ ތެރެއިން އެންމެ

ދިގުމުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ

މުއްދަތެއްގެ މެދުގައި ލިބޭ % އެއް.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގުމުއްދަތަށް.

(Submitted experience duration / Benchmark experience duration)  x Allocated Percentage

މުވައްޒަފުން

12 މާކްސް

ސެކިއުރިޓީންގެ ގޮތުގައި ބޭނުންކުރާ މުވައްޒަފުން

އަންދާސީހިސާބު ހުށަހަޅާ ކޮންމެ ފަރާތަކުންވެސް މަދުވެގެން

3 ވޮޗަރުން ގެންގުޅެން ޖެހޭނެއެވެ.

މިގޮތުން އިތުރަށް ބޭނުންކުރާ ވޮޗަރުންނަށް މާކްސް

ދޭނީ ހުށަހަޅާ ހުށަހެޅުންތަކުން އެންމެ ގިނަ ވޮޗަރުން

ބޭނުންކުރުމަށް ހުށަހަޅާ އަދަދު އެއީ ބެންޗްމާކު އަދަދު

ކަމުގައި ބަލައިގެން ހުށަހަޅާ އަދަދުން ލިބޭ % އެއް.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ

ގިނަ ވޮޗަރުން ހުށަހަޅާ ފަރާތަށެވެ.

(Number of Security Officers / Bench Mark) x Allocated Percentage

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780568 އާއި ގުޅުއްވުން އެދެމެވެ.

06 ޖުލައި 2017
ހޯދާ