މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ގެންގުޅޭ ތަކެތީގެ (މެޓީރިއަލްގެ) ސްޓޭންޑަޑް ކަނޑައެޅުމާގުޅޭ

މި މިނިސްޓަރީގެ 21 ޖޫން 2016 ގެ ނަންބަރު (IUL)138-IMS1/138/2016/85 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ސާރކުގެ އޯގަނައިޒޭޝަނެއް ކަމުގައިވާ ސައުތު އޭޝިއަން ރީޖަނަލް ސްޓޭންޑަޑްސް އޯގަނައިޒޭޝަން (ސާސޯ) ގެ ފަރާތުން ސާރކުގެ މެމްބަރު ޤައުމުތަކާ ގުޅިގެން އިމާރާތްކުރުމުގައި ގެންގުޅޭ ތަކެތީގެ (މެޓީރިއަލްގެ) ސްޓޭންޑަޑްތަކާއި، ތަކެތި ޓެސްޓުކުރުމާ ގުޅޭ ސްޓޭންޑަޑްތައް އެއްގޮތްކުރުމުގެ މަސައްކަތްތަކެއް 2011 ވަނަ އަހަރު ފަށާފައިވެއެވެ. އެގޮތުން 2013 އަދި 2016 ގައި އެކުލަވާލެވުނު ސްޓޭންޑަޑްތަކުގެ ދެލިކޮޕީ ތަކާ ގުޅޭ ގޮތުން އާންމުންގެ ލަފާހޯދުމަށް އެ އަހަރުތަކުގައި މަސައްކަތްތަކެއް ކޮށްފައިވާނެއެވެ.

އަދި މިހާތަނަށް އެކުލަވާލާފައިވާ ސްޓޭންޑަޑްތަކުގެ ދެލިކޮޕީތަކާއި ސާރކްގެ ސްޓޭންޑަރޑްގެ ގޮތުގައި ހަމަޖައްސަން މަޝްވަރާކުރަމުންދާ ސްޓޭންޑަރޑްތަކާއި އިސްވެދެންނެވުނު ސްޓޭންޑަރޑް ތަކުގައި ޙަވާލާދީފައިވާ ސްޓޭންޑަރޑްތަކުގެ ތެރެއިން ބައެއް ސްޓޭންޑަރޑްތަކާ ގުޅޭގޮތުން މެމްބަރު ޤަޢުމުތަކުން ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިވަގުތު މަޝްވަރާކުރަމުންދަނީ ސިމެންތިއާއި، ސްޓްރަކްޗަރަލް ދަނގަޑާއި، ދަނގަޑު ހޮޅިއާއި، ތަށިމުއްޓާއި ބެހޭ ސްޓޭންޑަޑްތަކާ ގުޅޭ ގޮތުން ކަމުގައި ދެންނެވީމެވެ. މަޝްވަރާކުރެވެމުންދާ ސްޓޭންޑަޑްތަކާއި،  ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ގޮތުގެ ތަފްޞީލާއި ޚިޔާލުހުށަހަޅަންވީ ގޮތުގެ ލިޔެކިއުންތައް މި މިނިސްޓަރީގެ ވެބްސައިޓްގެ http://www.housing.gov.mv/v1/download/918 ގައި ""SAARC Standards for comments – PART III ގެ ނަމުގައި ޑައުންލޯޑް ކުރެވެން ހުރި ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، އިސްވެދެންނެވުނު ސްޓޭންޑަޑްތަކަށް އެއްވެސް ބޭފުޅެއް ޚިޔާލުފާޅުކުރަން ބޭނުންވާނަމަ، 6 އޯގަސްޓް 2017ގެ ކުރިން [email protected] އަށް އީ-މެއިލްކޮށް ދެއްވުން އެދެމެވެ.

 

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު، މާލެ، ދިވެހިރާއްޖެ

06 ޖުލައި 2017
ހޯދާ