މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުރައިދޫގައި ހުންނަ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައިވާ ދެބުރި އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ އާއި ޓެންޑަރ ޑޮކިޔުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް

 

                          އިޢުލާން

 

            ކ.ގުރައިދޫގައި ހުންނަ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައިވާ ދެބުރި އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ އާއި ޓެންޑަރ ޑޮކިޔުމެންޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 ޖުލައި 2017 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖުލައި 2017 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އަށް މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

12 ޝައްވާލް 1438

 

06 ޖުލައި 2017
ހޯދާ