މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
މާއުނގޫދޫ ސްކޫލްގައި ނެޓްވޯކް އެޅުމާއިބެހޭ

`

 

     މާއުނގޫދޫ ސްކޫލް

ށ. މާއުނގޫދޫ  

 

ނަމްބަރު:

GS106/2017/IU/0029

 

އިޢުލާން

 

މި ސްކޫލްގައި ނެޓްވޯކް އަޅައިދިނުމާއިބެހޭ

މި ސުކޫލުގެ އިޢުލާން ނަންބަރު GS106/2017/IU/0024 އާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީއާއި އެފަރާތުން ހުށަހެޅި އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އެ އިޢުލާން ކުރީމެވެ. ވީމާ މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީހުގެ ކަނޑައެޅިފައިވާ ގަޑިއަށް މި ސުކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެންގޭނެފަދަ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާނަމަ އަންދާސީ ހިސާބު ހުށަނޭޅޭނެވާހާކަ ދެންނެވީވެމެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

11 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި

17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 13:00 ގައި

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މިސްކޫލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީ ހިސާބުތައް އިވެލިއޭޓްކޮށް ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން ، އެފަރާތުން ލިބޭ މަޝްވަރާގެ މަތީންނެވެ.

މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުން ވިޔަފާރި ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

11 ޝައްވާލް 1438

5 ޖުލައި 2017

 

 

 

 އިބްރާހިމް ޞަލާޙް

އެކްޓިންގ ޕްރިންސިޕަލް

 

 

05 ޖުލައި 2017
ހޯދާ