ދިވެހިރާއްޖެ
މިއިދާރާއަށް 04 ރަށުޕިކަޕް ބޭނުންވެގެން 2017 ޖޫން 12 ގައި ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)374-C/374/2017/23 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއެސްޓިމޭޓްތައް ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން |
ފ. ނިލަންދޫ ކައުންސިލް އިދާރާގައި |
މަޢުލޫމާތު ސާފުކޮށްދިނުން |
13 ޖުލައި 2017 ބުރާސްފަތި ދުވަހުގެ ކުރިން |
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން |
16 ޖުލައި 2017 އާދީއްތަ ދުވަހުގެ 11:00 ގައި |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރައްވާފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫގައި ޤާއިމުކުރާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ 04 ރަށު ޕިކަޕް ވިއްކުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
މިއިދާރާއަށް ވަޑައިގެން ނުވަތަ 6740016 ، 7905438 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.