ދިވެހިރާއްޖެ
ނިލަންދޫ ނަރުދަމާ ނިޒާމަށް މިހާރު ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެކަން ޙައްލުކޮށް ދިނުމާއި، ނަރުދަމާގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރަން ބޭނުންވާތީ 10 އަހަރު ދުވަހުގެ ޕްލޭނެއް ހެދުމަށް މިއިދާރާގެ ނަންބަރު: (IUL)374-C/374/2017/20 (12 ޖޫން 2017 ) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވުމާއެކު އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން |
ފ. ނިލަންދޫ ކައުންސިލް އިދާރާގައި |
މަޢުލޫމާތު ސާފުކޮށްދިނުން |
13 ޖުލައި 2017 ބުރާސްފަތި ދުވަހުގެ ކުރިން |
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން |
16 ޖުލައި 2017 އާދީއްތަ ދުވަހުގެ 11:00 ގައި |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރައްވާފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ ރައްޔިތުންގެ ނަރުދަމާ ނިޒާމުގެ މައްސަލައާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
މިއިދާރާއަށް ވަޑައިގެން ނުވަތަ 6740016 ، 7905438 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.