މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދަރުބާރުގެ ފޮޅާ ސާފްކޯށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދަރުބާރުގެ 02 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނުގެ  މަޢުލޫމާތު ބަދަލުވެފައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 ޖުލައި 04 ވާ ބުދަ ދުވަހުގެ 08:00 އިން ފެށިގެން 2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

04 ޖުލައި 2017
ހޯދާ