މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - އިންޖިނިއަރ (ވޭސްޓް މެނޭޖްމަންޓް ކޮމްޕޯނަންޓް)

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

   އިންޖިނިއަރ (ވޭސްޓް މެނޭޖްމަންޓް ކޮމްޕޯނަންޓް)  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން  އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ''ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް'' ގެ ދަށުން 'އެސްޓަބްލިޝްމަންޓް އޮފް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް އިން ޒޯން 1" މަޝްރޫޢުގެ މަސައްކަތައް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރާވާ ހިންގުމަށްޓަކައި އިންޖިނިއަރެއް އައްޔަން ކުރުމަށް ބޭނުންވެއެވެ.

އިންޖިނިއަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކުރިއަށްގެންދާ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި ޕްރޮޖެކްޓް ރާވާ ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ތަޢުލީމް ޙާސިލް ކޮށްފައިވުން.

ށ) މަދުވެގެން 5 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއިއެކު، މަދުވެގެން 3 އަހަރު ދުވަހު ސިވިލް ވާރކްސް މަޝްރޫޢުތައް ޑިޒައިންކުރުމުގައާއި މަޝްރޫޢުތައް ރާވާ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް މަޝްރޫޢުތަކުގައި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ނ) ބައިނަލް އަޤްވާމީ ޖަމުއިއްޔާތަކުގެ މަޝްރޫޢުތައް ރާވާ ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ރ) މައިކްރޯސޮޕްޓް އޮފީސް ޕެކޭޖް އަދި ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިން ސޮފްޓްވެއަރތަކަށް އަޙުލުވެރިވެފައިވުން.

ބ) ފަރިތަކަމާއިއެކު އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

ޅ) މަޝްރޫޢާއި ގުޅޭ ތަފާތުއެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި ލީޑަރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭނެކަމެކެވެ.

އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

- އިންޓަރވިއުއަށް ހޮވިފައިވާ ފަރާތްތަކަށް އިންޓަރވިއުއަށް ދައުވަތުއެރުވޭނެއެވެ އަދި އެފަރާތެއް ކުރިންކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތައް ކުރަންޖެހޭ ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އިނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް އިނގެންވާނެއެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/32,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ ސައުވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އެއް (1) އަހަރު ދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖުލައި 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:   453-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected]

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނުން 3018453 އަށް ގުޅުއްވުން އެދެމެވެ. 

04 ޖުލައި 2017

 

04 ޖުލައި 2017
ހޯދާ