މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރ (ސީ.އޭ.އޯ)

އިޢުލާން

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރ (ސީ.އޭ.އޯ)  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެދަށުން ކުރިއަށްގެންދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ ކޮމިއުނިކޭޝަން އަދި އެވެއަރނަސް މަސައްކަތްތައް މެނޭޖްކުރާނެ ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.

ޕްރޮޖެކްޓް ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރގެ މަސްޢޫލިއްޔަތަކުގެ ތެރޭގައި ޕްރޮޖެކްޓުގައި ހިމެނިފައިވާ ކޮމިއުނިކޭޝަން އަދި އެވެއަރނަސްގެ އެކި މަސައްކަތްތައް ޕްރޮޖެކްޓް ޓީމާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިޔުން ހިމެނެއެވެ.

ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ކޮމިއުނިކޭޝަން/ ޑިވެލޮޕްމަންޓް/ މާރކެޓިން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މިކަމާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން.

ށ) ކޮމިއުނިކޭޝަން އަދި ޕަބްލިކް އެވެއަރނަސް ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނ) ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު، ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އިނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ބ) މަގާމާ ގުޅޭގޮތުން ކުރަންހުރި ހުރިހާ މުޢާމުލާތާއި މީޑިއާއަށް ފޯރުކޮށްދޭ މަޢުލޫމާތައް އަދި ކަމާގުޅޭ އެވެއަރނަސް ޕްރޮގްރާމްތަކުގެ ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ބެލެހެއްޓުން.

ޅ) ޓީވީ،ރޭޑިއޯ ނުވަތަ މާސްމީޑިޔާ ދާއިރާއިން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

ކ) މީޑިއާ މަޢުލޫމާތައް އިނގިރޭސި ބަހާއި ދިވެހި ބަހުން ތައްޔާކުރުމުގެ ތަޖުރިބާ ލިބިފައިވުން.

އ) އުފެއްދުންތެރިކަމުގެ ހުނަރު ހުރުމާއެކު، ގިނަ ބާވަތުގެ ޑިޒައިން ސޮފްޓްވެއަރ އާއި އެޑޯބް ފޮޓޯޝޮޕް، އިލަސްޓްރޭޓަރ، އިންޑިޒައިން، މިފަދަ ސޮފްޓްވެއަރތައް ބޭނުންކުރުމުގެ ޤާބިލިއްޔަތުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

ވ) އެޑޯބް ޑިޒައިން ޕްރީމިއަމް، އިންޑިޒައިން، ކޮރަލްޑްރޯ، ވެބް ޑިޒައިން ޓޫލްސް، ޑްރީމްވީވާ އަދި ފްލޭޝް ފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ތިއޮރެޓިކަލް އަދި އަމަލީ ތަޖުރިބާ ލިބިފައިވުން

މ) މާސްމީޑިޔާ ދާއިރާތަކުގެ އުފެދުމާއި ކުރިއަރަމުން އަންނަ އާ ޓެކްނޮލޯޖީތަކަށް އަހުލުވެރިކަން ލިބިފައިވާ މީހެއްކަމުގައިވުން.

ފ) ޓީވީ،ރޭޑިއޯ ނުވަތަ މާސްމީޑިޔާ ދާއިރާއިން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

ދ) ވޯޓަރ ސަޕްލައި އަދި ސެނިޓޭޝަން ދާއިރާއާއި ގުޅޭގޮތުން އެވެއަރނަސް ޕްރޮގްރާމް ހިންގާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ތ) ވޯޓަރ ސަޕްލައި އަދި ސެނިޓޭޝަން ދާއިރާއާއި ގުޅޭގޮތުން އެވެއަރނަސް ޕްރޮގްރާމް ހިންގާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ލ) ރާއްޖޭގައި ސޯސަލް މާރކެޓިންޑް ސްރެޓެޖީ އަދި ޕަބްލިކް އެވައަރނަސް ކެމްޕައިން ރާވާ ހިންގުމުގެ ޤާބިލްކަން ލިބިފައިވުން.

ގ) ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ޏ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

- އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއުއަށް ދައުވަތުއެރުވޭނެއެވެ. އަދި އެފަރާތެއް ކުރިންކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތައް ކުރަންޖެހޭ ޕްރޮޖެކްޓްގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އިނގި އެލަނޑުދަތިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތައް އިނގެންވާނެއެވެ. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި، މަހަކު -/23,000 ދިވެހި ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ 24 (ސައުވީސް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މިމަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖުލައި 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:   453-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected]

އިތުރު މައުލޫމާތު:

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ 3018453 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                   09 ޝަޢްވާލް 1438

                                   04 ޖުލައި 2017

 

04 ޖުލައި 2017
ހޯދާ