މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވިލިމާލޭން މިނިސްޓްރީއަށް ލިބިފައިވާ ބިމުގައި މިނިސްޓްރީއާ ގުޅިގެން ވެޓެރިނަރީ ކްލިނިކެއް ހެދުމާއި، ރާއްޖޭން ނެތިދިއުމުގެ ބިރުހީވެފައިވާ ގަސްގަހާގެހީގެ ވައްތަރުތައް ދައްކައިލުން

                                                                                                                

އިޢުލާން

ވިލިމާލޭން މިނިސްޓްރީއަށް ލިބިފައިވާ ބިމުގައި މިނިސްޓްރީއާ ގުޅިގެން ވެޓެރިނަރީ ކްލިނިކެއް  ހެދުމާއި، ރާއްޖޭން ނެތިދިއުމުގެ ބިރުހީވެފައިވާ ގަސްގަހާގެހީގެ ވައްތަރުތައް ދައްކައިލުން

ނަމްބަރު : 84(IUL)30-E3/30/2017) 

ތާރީޚު: 04 ޖުލައި 2017

މި މިނިސްޓްރީން ދެވޭ ވެޓެރިނަރީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ވެޓެރިނަރީ ކްލިނިކެއް ޤާއިމުކުރުމުގެ އިތުރުން ރާއްޖޭން ނެތިދާ ނުވަތަ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ވައްތަރުތައް ދައްކައިލުމުގެ އެކްޓިވިޓީޒް ބޭއްވުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-E3/30/2017/72 (28 މޭ 2017) އިއުލާނުގައި ޕްރޮޕޯޒަލް ހުށަހަޅަން ބުނެފައިވާ ތާރީޚާ އިންފޮމޭޝަން ޝީޓުގައި  ޕްރޮޕޯޒަލް ހުށަހަޅަން ބުނެފައިވާ ތާރީޚު ދިމާނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވައިލަމެވެ.

ވީމާ، މި މިނިސްޓްރީއާ ގުޅިގެން މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 09 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕްރޮޕޯޒަލް ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3339220 ފޯނު ނަންބަރަށެވެ.

 

09 شَوّال 1438

03 ޖުލައި 2017

04 ޖުލައި 2017
ހޯދާ