ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ބެޑްޝީޓް އަދި ބާލީސްއުރަ ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދޭންއެދޭ ފަރާތްތަކުން 2017 ޖުލައި 06 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2017 ޖުލައި 11 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2017/34 އިޢުލާނާއި ގުޅިގެން ބެޑްޝީޓް އަދި ބާލީސްއުރަ ސަޕްލައިކޮށްދިނުމަށް އަގު ހުށަހަޅާފައިވާ ފަރާތްތަކުން، ހުށަހަޅާފައިވާ ތަކެތި ޓެކްނިކަލް ގޮތުން އެކަށީގެންނުވާތީ، އެހުށަހެޅުންތައް ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.