ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމް އަދި މެރިކަލްޗަރ ޑިވެލެޕްމެންޓް އެންޓަރޕްރައިސަސް ޕްރޮޖެކްޓްއަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމް: ޕްރޮޖެކްޓް އެކައުންޓަންޓް ބޭނުންވާ އަދަދު: 1 (އެކެއް)
ސެކްޝަން: ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް)
ވަޒީފާގެ މުއްދަތު: 30 ސެޕްޓެމްބަރ 2018ގެ ނިޔަލަށް
މުސާރަ: ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) 25,000 – 30,000
1- ޝަރުތު: ފައިނޭންސް، އެކައުންޓިންގ، ފައިނޭންޝަލް މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާސިލްކޮށްފަވުން ނުވަތަ ކުރަންޖެހޭ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން
2- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން އެންމެ މަދުވެގެން 5 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
3- އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރުމާއި އެކު ރިޕޯޓް ތައްޔާރުކުރުމުގެ ޤާބިލް ކަން ހުރި ފަރާތެއްކަމުގައި ވުން.
4- ދިވެހި ސަރުކާރުގެ ފައިނޭންޝަލް ސިސްޓަމް، އަދި ސެޕްއަށް އަޙުލިވެރިވެފައިވާ ފަރާތްތަކައް އިސްކަންދެވޭނެއެވެ.
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް (ޓާރމްސް އޮފް ރިފަރެންސް) މިއިޢުލާނާއި އެއްއުރަ ކުރެވިފައިވާނެއެވެ.
އަދި އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 3341836 ފޯނަށް ގުޅުން ނުވަތަ ތިރީގައިވާ އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ
2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)
4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން
5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛
މާލެއިން ނަމަ:
ޕްރޮޖެކްޓް ޑިރެކްޓަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ. ވައިޓް ވޭވްސް، މޫންލައިޓް ހިނގުން
މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.