ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

              ހދ. ކުޅުދުއްފުށީ މަސްޖިދުލް ހަޟާރަތު މިސްކިތުގެ ފުރާޅު ޓިނު ބަދަލް ކުރުމާއި މިސްކިތު މަތީބައިގެ ތަޅުމު މުށި ބަދަލް ކުރުމަށް ބޭނުންވެއްޖެއެވެ.

              ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

              މަޢުލޫމާތު ސާފުކުރުން: 09 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 13:30

              އަންދާސީ ހިސާބު ހުށަހެޅުން: 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:30

              މައުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ 2014/18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމަވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6521170 އަށް ގުޅުއްވުން އެދެމެވެ.

02 ޖުލައި 2017
ހޯދާ