ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކާރޓެއިންސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ބިޑްހުށަހެޅުމުގެ ފުރުޞަތު

ކާރޓެއިންސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

 މިހޮސްޕިޓަލްގެ ނަމްބަރ IUL)LHAH-AH/LHAH/2017/9) ( ޖޫން 07 , 2017 ) އިޢްލާނާއި ގުޅިގެން ޝަތުރުފުރިހަމަވާ ތިންފަރާތުން ބިޑްހުށަހަޅުއްވާފައިނުވާތީ އެއިޢްލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތައް ބާޠިލްކޮށް އަލުންވެސް އެމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިހޮސްޕިޓަލުންދޭ މަޢްލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތުގައި ( 06 ފްލޯރގައި ) ކާރޓެއިންސް ހަރުކޮށް ދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 09 ޖުލައި 2017 ( އާދީއްތަ ) ދުވަހުގެ 10:00 ށް މިހޮސްޕިޓަލަށް  ނުވަތަ  މިނިސްޓްރީ  އޮފް  ހެލްތްއަށް  ވަޑައިގެން މަޢްލޫމާތު ސާފްކުރެއްވުމަށްފަހު 16 ޖުލައި 2017 ( އާދީއްތަ ) ދުވަހުގެ 10:00 ށް މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީއޮފް ހެލްތަށް ވަޑައިގެން ބިޑްހުށަހެޅުއްވުން އެދެމެވެ.

މަޢްލޫމާތު ސާފްކުރުމުގެ ބައްދަލްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާކަމުގައިވެސް ދަންނަވަމެވެ. 

             8 ޝައްވާލް 1438

             2  ޖުލައި  2017 

02 ޖުލައި 2017
ހޯދާ