ދިވެހިރާއްޖެ
|
އިޢުލާން
ނަންބަރު: NAM/IUL/2017/16
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017
މި އެސޯސިއޭޝަންގެ އިޢުލާން NAM/IUL/2017/15 (18 ޖޫން 2017) ނަންބަރު އާ ޙަވާލާދީ ދަންނަވަމެވެ.
މިއެސޯސިއޭޝަންގެ ފަރާތުން ރާވާ އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017" މިހާރު ފެށުމަށް ހަމަޖެހިފައިވަނީ 1 އޯގަސްޓް 2017 ވަނަ ދުވަހު ކަމުގައި ދަންނަވަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ޑިވިޜަން ވަކިންނެވެ.
މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 20 ޖުލައި 2017 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ކުލަބު / ޖަމްޢިއްޔާތަކަށެވެ.
ވީމާ، މި މުބާރާތުގައި ވާދަކުރައްވަން އެދޭ ފަރާތްތަކުން، 25 ޖުލައި 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާން އެދޭކަމުގެ ލިޔުމާއި ޓީމު ލިސްޓު މިއެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9792300 އަށް ގުޅުއްވުން އެދެމެވެ.
27 ޖޫން 2017