ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު
ކޯހުގެ ނަން: ސެޓްފިކެޓް 03 އިން ސެކިއުރިޓީ އޮޕަރޭޝަންސް
ޖާގައިގެ އަދަދު: 30 ޖާގަ
ކޯސް ހިންގާ ފަރާތާއި ޤައުމު: އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް / މޯލްޑިވްސް ޕޮލިސް ސަރވިސް
ކޯހުގެ މުއްދަތު: 03 މަސް
ކޯސް ހިންގޭ ތަން: ކ.މާލެ
ކޯސް ފެށޭ ތާރީޚް: ޖުލައި 2017
ޝަރުޠު:
- އަސާސީ ތަޢުލީމް ހާޞިލްކޮށްފައިވުން (ގްރޭޑް 07 ފުރިހަމަކޮށްފައިވުން) ނުވަތަ؛
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލްކުރާ ލެވެލް 02 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ހުށަހަޅާންޖެހޭ ލިޔުންތައް:
- ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯރމް،
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު.
އިތުރު މަޢުލޫމާތު:
- މިކޯހުގެ ފީއެއްގެ ގޮތުން ކޮންމެ ބައިވެރިއަކު މަހަކު -/1500 (ފަނަރަ ސަތޭކަ ރުފިޔާ) ދައްކަން ޖެހެއެވެ.
- މިކޯހަށް މީހުން ހޮވުމުގައި މިކޯހާއި ގުޅުންހުރި ދާއިރާގެ މަސައްކަތު ތަޖުރިބާއަށް އިސްކަންްދެވޭނެއެވެ.
- މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، ޕޮލިސް ސްޓާފް ސަރޖަންޓް އާދަމް ނަޞީރުގެ ފޯން ނަންބަރު 9637845 ގުޅުއްވުން އެދެން.
ސުންގަޑި:
މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން 2017 ޖުލައި 07 ވަނަ ދުވަހުގެ 15:00 ގެ ކުރިން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް އަށް ހުށަހެޅުމަށް ދަންނަވަމެވެ.
26 ރަމަޟާން 1438
21 ޖޫން 2017