އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް :މުދިމު / އިމާމު / އިސްއިމާމު
ބޭނުންވާ އަދަދު :1

 

އދ. އޮމަދޫ ކައުންސިލްގެ އިދާރާ

އޮމަދޫ، ދިވެހިރާއްޖެ.                                                                                                                                                              

އިޢުލާން

                                                        ނަމްބަރު: (IUL)348-EM/348/2017/17 

 

މުވައްޒަފުން ބޭނުން ވެއްޖެ 

މަޤާމް

މުދިމް/އިމާމު/އިސްއިމާމު . ވޭޖްއެމްޕްލޯއިމަންޓްގެ އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް.  

ބޭނުންވާ ޢަދަދު

01 ( އެކެއް)

މަޤާމްގެ ގިންތި

ވަގުތީ

އޮފީސް

އދ.އޮމަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނިމިކް ސޯސަލް އެންޑް މުނިސިޕަލް ސާރވިސް

ވަޒީފާ އަދާކުރަންޖޭ ތަން

މިސްކިތް

ޔުނިޓް

-

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މުދިމް

ޖީ.އެސް1

އެސިސްޓެންޓް އޮފިސަރ

ގުރޭޑް 1

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަންސާބިތުކޮށްދިނުމާއެކު،  އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި ،

އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި

ޤްރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް

އިސްލާމިކް  އެފެއާޒުން  ދެއްވާ ފެންވަރު   ބެލުމުގެ

އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ

ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

 

-/3565

-/1500

 

 

އިމާމު

ޖީ.އެސް 3

އެސިސްޓެންޓް

ޓެކްނިކަލް

އޮފިސަރ

އޮފިސަރ ގްރޭޑް

1

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން

 ސާބިތު ކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ،
  • ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ

  އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

-/4465

ރުފިޔާ

އިމާމު

ޖީ.އެސް4

އެސިސްޓެންޓް

ޓެކްނިކަލް

އޮފިސަރ

    އޮފސަރ ގްރޭޑް

2

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތު

ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ އެސް 3 ގެ ރޭންކުގައި

މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ

ލިބިފައިވުން ނުވަތަ،

  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން

ޤަބޫލްކުރައްވާ ދީނީ މަރުކަޒަކުން ، މަތީ ސާނަވީ

ސެޓްފިކެޓް ލިބިފައިވުން ނުވަތަ ،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ

 އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

-/5020

އިމާމް

އެމް.އެސް1

ޓެކްނިކަލް

އޮފިސަރ ގްރޭޑް1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތު

ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ އެސް 4 ގެ ރޭންކުގައި

މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ

ލިބިފައިވުން . ނުވަތަ

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ

 ސަނަދެއް ޙާޞިލް ކޮށްފައިވުން .

-/5610

-/2000

އިމާމް

އެމް.އެސް2

ސީނިއަރ

ޓެކްނިކަލް

އޮފިސަރ ގްރޭޑް

2

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން

ސާބިތުކޮށްދިނުމާއެކު ،

 

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8ގެ

ސަނަދެއް ޙާޞިލް ކޮށްފައިވުން.

-/6295

-/2000

އިމާމް

އެމް.އެސް3

ސީނިއަރ

ޓެކްނިކަލް

އޮފިސަރ ގްރޭޑް

2

    މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން

      ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ނުވަތަ ލެވެލް

8 ގެ ސަނަދެއް ލިބިފައިވުމާއެކު ، އިމާމުކަމުގެ

މަޤާމުގައި އެމް. އެސް 2 ގެ ރޭންކުގައި މަދުވެގެން 3

އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ،

ނުވަތަ

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް

ކޮށްފައިވުން .  

-/7035

-/2000

މަޤާމްގެ މައިގަނޑު

މަސްޢޫލިއްޔަތު

 * ފަރުޟު ފަސްނަމާދު ،   

   މިސްކިތަށް ޙާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރު

   ވުމާއި ފަރުޟު ފަސްނަމާދުގެ ވަގުތަށް ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން .

  • ދުވަހު ޙާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް ޢުޒުރު

  ވެރިވާނަމަ ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ ، އެ އެދުވަހުގެ ބާކީ އޮތްބައި ފުރި-

   ހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގި

   ގޮވޭފަދަ ޤާބިލުމީހަކާ ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ޙަވާލުކޮށްފައި ،   އިދާރާއަށް އެކަން

   އެންގުން.

  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން .
  • މިސްކިތަށް ލިބޭ ގެއްލުންތަކާއި ، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށައަޅައި އެކަންކަން

  ރަނގަޅު ކުރުމަށް މަސައްކަތް ކުރުން .

  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން .
  • ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ ކޭތަ ނަމާދާއި ،ޢީދު ނަމާދާއި ، ހުކުރު ނަމާދާއި ،ތަރާވީޙް

  ނަމާދާއި ، ކަށު ނަމާދު މިސްކިތުގައި ކުރުން.

އެހެނިހެން ޢިނާޔަތްތައް:

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކަށް އެއްވެސް ޗުއްޓީއެއް ނުލިބޭނެއެވެ.

މި ވަޒީފާގެ މުސާރައަކީ ކޮންމެ ނަމާދު ވަގުތަކަށް މުސާރަ އާއި ސަރވިސް އެލަވަންސް ހިމަނައިގެން ކަނޑައެޅިފައިވާ އުޖޫރައެވެ.

އިތުރުގަޑި ނުވަތަ އެހެން އެއްވެސް އެލަވަންސެއް ނުދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

1-  ތަޢުލީމާއި ، ތަމްރީން.

2-  މަސައްކަތު ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ،ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް .

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ، ޕޮރެކްޓިކަލްސްއާއި އިމްތިޙާން ކުރުން އޮންނާނެ ތަން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން ، އިޢްލާންގެ މުއްދަތު

ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ. އިންޓަވިއު ކުރުން

އޮންނާނީ އދ. އޮމަދޫ ކައުންސިލްގެ އިދާރާގައެވެ.

 

                         

ހުށަހަޅަންޖެހޭ ލިޔުންތައް

1.ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް  .  ( ވަޒީފާއަށް  އެދޭ ފޯމު، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ ރިޝެޕްޝަނުން

ލިބެން ހުންނާނެއެވެ.

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް  މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ

 ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު  އިޢްތިރާޒެއް ނެތްކަމަށް ،އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް .

3. ލިބިފައިވާ  ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ . (  ރާއްޖެއިން ބޭރުގެ   ތަޢުލީމީ އިންސްޓިޓިއުތަކުން ނުވަތަ ރާއްޖޭގެ

ތަޢުލީމުދޭ   މަރުކަޒަކުން ހިންގާ  ރާއްޖެއިން  ބޭރުގެ އިންސްޓިޓިއުޝަނެއްގެ  ކޯހެއްނަމަ ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ

އިން   ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް  ފުރިހަމަ ކުރުމުގެ  ލިޔުމާއެކު ކޯހުން  ލިބޭ ސެޓްފިކެޓް ވަކި

ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ)

 ކޮޕީ )

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ .( މަސައްކަތްކުރި ތަނުން މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި

  މުއްދަތާއި މަޤާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ ).

5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތާޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭބނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް

  ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް .

6. ވަޒީފާއަށް އެދޭ ފަރާތުގެ ،ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ދެފުށުގެ ކޮޕީ ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ

  ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް .)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު .(ސީވީ ) .   ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް

 ހިމެނޭގޮތަށް )       

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2017 ޖުލައި 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާއަށް

 

އިތުރު މަޢުލޫމާތު

ހޯދުމަށް

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގެ 6680542

               

                             27 ރަމަޟާން 1438

                             22 ޖޫން    2017 

                                                                  ޢަބްދުﷲ ނިޔާޒް

އދ.އޮމަދޫ ކައުންސިލްގެ ރައީސް   

22 ޖޫން 2017
ހޯދާ