ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އޮފިސަރ

     

  ނަމްބަރު: IUL)221-AF/221/2017/15)

ވަޒީފާގެ ފުރުޞަތު

 

މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

 

 

 

މަޤާމް: ކަސްޓަމަރ ސަރވިސް އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ:  -/5,020 ރ

ސަރވިސް އެލަވަންސް: -/1,500 ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

އުޖޫރަޔާއި ޢިނާޔަތްތައް:

 

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,000 (ހަތަރުހާސް) ރުފިޔާ ދެވޭނެއެވެ. 

 

މަޤާމުގެ ޝަރުތުތައް:

 

 

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ،

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއިއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

 

  • އޮފީހަށް ދުވަހުން ދުވަހަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކުރުމާއި، ލިޔެކިޔުންތައް ކަމާގުޅޭ ސެކްޝަންތަކަށް ރޫޓްކުރުމާއި، ކޮމަން ފޯނަށް އަންނަ ފޯންތަކަށް ޖަވާބުދިނުން.
  • އޮފީހަށް އެކި ކަންކަމުގައި އަންނަ މީހުން ކަމާބެހޭ ބޭފުޅުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުން.
  • އޮފީހުގެ އެޑްމިނިސްޓްރޭޓިވް ކަންތައްތައް ރޭވިފައިވާ ގޮތަށް ކުރުމާއި، ކައުންސިލްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ކައުންސިލް ތަކަށް ފޮނުވަންޖެހޭ އާންމު ފޮނުވުންތައް ފޮނުވުން.
  • އޮފީހަށް ޚިދުމަތް ހޯދަން ގުޅާ ފަރާތްތަކާއި އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • އޮފީހުގެ ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި ، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން.
  • މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.

 

 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށްވުން.
  • ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)، ސިސްޓަމް އެޕްލިކޭޝަން ޕްރޮޑަކްޓްސް (ސެޕް) އަދި މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ މީހަކަށް އިސްކަންދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުންލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ )
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

 

 

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2017 ޖުލައި 12 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލާ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު: , 3013123, 3006724 އިން ސާފުވާނެއެވެ.

 

22 ޖޫން 2017

22 ޖޫން 2017
ހޯދާ