ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް |
އުނގޫފާރު، ދިވެހިރާއްޖެ
ނަންބަރު: (IUL)303-AS/303/2017/17
އިޢުލާން
ރ، އުނގޫފާރު " ރައްޔިތުންގެ އިންޖީންގެއަށް 1 މެގާގެ 5 ޖަނަރޭޓަރ ގުޅޭ 15 ފީޑަރގެ ސިންކްރަނައިޒް ޕެނަލެއް ގަތުމަށް ބޭނުންވެއްޖެއެވެ.
ސުރުޚީގައި ދެންނެވިފައިވާ އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް ބޭނުންވާ 1 މެގާގެ 5 ޖަނަރޭޓަރ ގުޅޭ 15 ފީޑަރގެ ސިންކްރަނައިޒް ޕެނަލާއި ގުޅޭގޮތުން މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕެނަލް ހަދައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާ އަށެވެ. ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 28 ޖޫން 2017 ވާ ބުދަ ދުވަހު 11:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް ބޭނުންވާ ސިންކްރަރނައިޒް ޕެނަލް ބޯރޑްގެ ޕްރޮޕޯސަލް " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
ޕެނަލްއާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީ ގެ މޯބައިލް ނަމްބަރ 9755327 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.
ހުށަހަޅާ އަގަށް %70
މުއްދަތައް %20
މާލީތަނަވަސް ކަމަށް %10
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
19 ރަމަޝާން 1438
14 ޖޫން 2017
އަބްދުންނާޞިރު ޢަލީ
( ކައުންސިލްގެ ރައީސް )