ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ހުޅުދެލީސްކޫލް    

ދ. ހުޅުދެލި

ދިވެހިރާއްޖެ                                                          ނަންބަރު: GS-171/IUL/2017/12

އިޢުލާން

 ވަޒީފާގެ ފުރުޞަތު

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-147533

ބޭނުންވާ ޢަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝާން:

 އޮފިސަރ ގްރޭޑް 1

ސެކްޝަން:

 އިދާރީ

މަޤާމް އޮތް އޮފީސް:

 ހުޅުދެލީ ސްކޫލް / ދ. ހުޅުދެލި

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

 ހުޅުދެލީ ސްކޫލް / ދ. ހުޅުދެލި

މަޤާމުގެ އަސާސީ މުސާރަ:

 -/4465 ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާވިސް އެލަވަންސް:

 -/1500 ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާދެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ދާއިރާ:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް
  3. އިންފޮމޭޝަން ޓެކްނޮލޮޖީ
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމުގެ ޝަރުތު:

  1. އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު ، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 2.     ސާނަވީ އިމްތިޙާނަކުން2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސްކޫލަށް އަންނަ ޢާއްމު ފޯނުކޯލްތަކަށް ސްކޫލުންކަނޑައަޅާފައިވާ ޢާއްމު އުސޫލުތަކާ އެއްގޮތަށް ޖަވާބުދިނުމާއި، އެކިކަންކަމާއި ގުޅިގެން އަންނަ ކޯލްތައް އެކަމާ ގުޅޭ ފަރާތަކަށް ޕާސްކޮށް ރައްދު ކޮށްދިނުން.
  2. ސްކޫލަށް އަންނަ އަދި ފޮނުވާ އެންމެހައި ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
  3. ސްކޫލްގެ ޔައުމިއްޔާތައް ތައްޔާރުކޮށް ދުވަހުން ދުވަހަށް ނިންމާ ބެލެހެއްޓުން.
  4. ސްކޫލްގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  5. ސްޓޮކް ބެލެހެއްޓުމާއި އެކަންކަމާ ގުޅުން ހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
  6. އަންނަ ސިޓީ ތަކަށް ޖަވާބު ތައްޔާރު ކުރުން.
  7. މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރު ކުރުން.
  8. ސްކޫލްގެ ކުދިންގެ ރިކޯޑްސް ބެލެހެއްޓުން
  9. ލީވިންގ ސެޓްފިކެޓް ތައްޔާރުކުރުމާއި ކޮޕީފައިލްކުރުން
  10. ހަވާލުވެފައިވާ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  11. ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮއްފައިވާ އެންމެހާ ކަންތައްތައް އެނގި އެއާ އެއްގޮތައް އަމަލުކުރުން
  12. ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން
  13. ސްކޫލްގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  14. އިސްވެދިޔަ ކަންތައްތަކުގެ އިތުރުށް ޚާއްސަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ޙާޞިލުކޮއްފައިވާ ތަޢުލީމާއި ތަމްރީން
  2. ކޮމްޕިއުޓަރަށް ފަރިތަވުން
  3. މައިކްރޯ ސޮފްޓް އޮފީސް، އެކްސެލް، ކޮރަލް ޑްރޯއަށް ފަރިތަވުން
  4. ވަޒީފާގެ ދާއިރާގެ މަސައކްތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު އަދި ތަޖުރިބާ
  5. މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  6. ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު
  7. ޤާބިލްކަން ކަށަވަރުކުރުމައްޓަކައި އިންޓަވިއު ކޮއްގެން

ހުށަހަޅަން ޖެހޭތަކެތި:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިސްކޫލް އިދާރާއިން ލިބެންހުންނާނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ، ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތައް ނުވަތަ ނުވަތަ ކޯސް ފުރަތަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކުފެންވަރެއގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

  1. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮއްފައިވާ ސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮއްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގެގައި ވަޒީފާ އަދާކޮށްފައި ވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮއްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން މިފޯމު ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ހުޅުދެލީ ސްކޫލް އިދާރާއަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އިންޓަވިއު (އިންޓަވިއު އަދި ޕްރެކްޓިކްލް) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން އޮންނާނީ، 10 ޖުލައި 2017 އާއި 12 ޖުލައި 2017 އާ ދެމެދު، ހުޅުދެލީ ސްކޫލްގައެވެ. ކުރިމަތިލައްވާ ފަރާތްތަކަށް މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް އިން ޕްރެކްޓިކަލްސް ހެއްދޭނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އައްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހުޅުދެލީ ސްކޫލްގެ 7952918 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ[email protected] އަށެވެ.

       

                                        21  ޖޫން  2017                                            

 

             

      

21 ޖޫން 2017
ހޯދާ