ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސާކް ފޮޓޯގްރަފީ ކޮމްޕެޓިޝަން އެންޑް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުޞަތު.

SAARC PHOTOGRAPHY COMPETITION AND EXHIBITION

ސާކް ފޮޓޯގްރަފީ ކޮމްޕެޓިޝަން އެންޑް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުޞަތު.

 

ސުރުޚީގައި ދަންނަވާފައިވާ މުބާރާތަކީ ސާކް ކަލްޗަރަލް ސެންޓަރުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފަިވާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ބޭނުންފުުޅުވާ ރާއްޖޭގެ ފޮޓޯގްރާފަރުންނަށް މިފުރުޞަތު އޮތުމާއެކު ދަންނަވަމެވެ. މި މުބާރާތާބެހޭ މަޢުލޫމާތު www.saarccu/ture.org ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަކީ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ތަރުޙީބުދޭ ކަމެއްކަމުގައި ދަންނަވަމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިސެންޓަރުގެ 3303816 ނުވަތަ  ކިއުރޭޓަރ އަލްފާޟިލް އަޙުމަދު ނަޢީމް  7654 777 ނަންބަރު ފޯނާއެވެ.

06 އޮކްޓޫބަރު 2013
ހޯދާ