ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލްގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

                                                                                ނަންބަރ: (IUL)241-B/241/2017/8

 

             އިއުލާން

 

މިއިދާރާގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                    

                     މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ވިއްކުމަށް އެދޭ ފަރާތްތަކުން 2 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑއިގެން މައުލޫމާތު ސާފްކުރުމަށްފަހު އެކަން ކޮށްދެވޭނެ އަގެއް ބަޔާންކޮށް މި ޚިދްމަތް ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 5 ޖުލައި 2017 ވާ ބުދަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަން ވާނެއެވެ.

1-      ތެޔޮ ލިޓަރެއް ވިއްކާނެ އަގު ( ޕެޓްރޯލް ޑީސަލް ވަކިން އެނގޭގޮތަށް )

2-      ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚިދްމަތް ދިނުމުގައި އަމަލުކުރާނެގޮތް

3-      ފައިސާ ދެއްކުމަށް އެދޭގޮތް: ( ފައިސާ ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )

4-      މެދުނުކެނޑި ސަޕްލައި ލިބެންހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅާ ފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )

5-      ތެޔޮ ވިއްކާ ފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ

6-      ތެޔޮ އަޅައިދިނުމުގައި ދޭނެލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )

             

                      މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިއުލާނާއި ގުޅިގެން ހޮވޭ ފަރާތްތަކާއިއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއިއެކު 6 މަސް ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ގަތުމަށެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

26 ރަމަޟާން     1438

20 ޖޫން         2017

20 ޖޫން 2017
ހޯދާ