ދިވެހިރާއްޖެ
c ކ.އަތޮޅު މަދަރުސާ ކ.ކާށިދޫ، ދިވެހިރާއްޖެ |
||||||||||||||||
GS36/2017/34: ނަންބަރ |
ތާރީޚް:20 ޖޫން 2017 |
|||||||||||||||
އިޢުލާން |
||||||||||||||||
ބީލަން ހުށައެޅުމުގެ ދަޢުވަތު
މަދަރުސާގައި ހެލްތު ރޫމަކާއި ކައުންސެލިންގ ރޫމެއް އިމާރާތްކުރުން
އަމިއްލަ ތަކެތީގައި މިމަދަރުސާގައި ހެލްތު ރޫމަކާއި ކައުންސިލިންގ ރޫމެއް އިމާރާތްކުރުމުގެ މަސައްކަތަށް ބީލަންހުށައެޅުމަށް ކުރެވުނުު GS36/2017/27 ނަމްބަރު އިއުލާނާއި ގުޅިގެން އެކަށީގެންވާވަރަށް ބީލަންހުށައަޅާފައިނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމަވެ.
ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވީމާ، މިމަސައްކަތަށް ބީލަންހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައި ހިމެނޭގޮތަށް މައުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތުދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން އަދި ބީލަން ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުން ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރަން ނުވަތަ ބީލަންހުށައެޅުއްވުމަށް ވަޑައިގަންނަވާނަމަވެސް ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް، ރަސްމީ ގަޑީގައި، މަދަރުސާގެ ފޯނު ނަމްބަރު 6640036 އާއި ގުޅުއްވުން އެދެމެވެ. 20 ޖޫން 2017
|