ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަރވައިޒަރ

 

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ                               ނަންބަރ:GS34/2017/17

އިޢްލާން

ވަޒީފާގެ ފުރުޞަތު

މި މަދަރުސާއަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

 

މަޤާމް:

ސްޕޯޓްސް ސުޕަރވައިޒަރ

ރޭންކް:

ޖީ އެސް 3

ކުލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

ބޭނުންވާ ޢަދަދު:

01

ގިންތި:

ވަގުތީ

މުއްދަތު:

ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ހަމައަށް

މަގާމު އޮތް އޮފީސް:

ށ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ. އަތޮޅު މަދަރުސާ/ ށ. ކަނޑިތީމު

ސެކްޝަން:

އެކަޑަމިކް

މަޤާމުގެ ޝަރުޠު

-          މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-          ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މުސާރަ

މަހަކު - / 4465 ރުފިޔާ

ސާވިސް އެލަވަންސް

މަހަކު - / 1500 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

 

1-      ސްޕޯޓްސްގެ ކަންތައްތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކުދިން ސްޕޯޓްސް ހަރަކާތްތަކަށް ތައްޔާރުކުރުން.

2-      ސްޕޯޓްސްއަށް އަންނަ ކުދިންގެ ހާޒިރީ ބެލުމާއި ކުދިންނާއިބެހޭ އެންމެހާ ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން.

3-      ސްޕޯޓްސް އިންސްޓްރޫމެންޓްގެ އިންވެންޓްރީ ގަވައިދުން ލިޔެ ބެލެހެއްޓުން.

4-      އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި ކުދިންނަށް ފޯރުކޮއްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން.

5-      ސްޕޯޓްސްއަށް ބޭނުންކުރާތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެފަދަ ތަކެތި ހަލާކުވުމުންފަދަ ކަމެއް ވެއްޖެނަމަ އިދާރާއަށް އެކަން އަންގައި އެތަކެތި ހޯދުން.

6-      ހުރިހާ އިންސްޓްރޫމެންޓުސް ސާފުކޮށް ބެލެހެއްޓުން.

7-      ޓައިމްޓޭބަލާ އެއްގޮތަށް ތިޔަރީ ކުލާސްތައް ކުރިޔަށް ގެންދިޔުން

8-      ޕީއީއަށް ބޭނުންކުރެވޭ ތަކެތި ރަނގަޅަށް އެގިފައި ވުމާއި ތަކެތި ގެންގުޅޭނެގޮތާމެދު ޓީޗަރުންނަށް މައުލޫމާތާއި ލަފާދިނުން.

9-      ޕީއީ ގަޑިތަކުގައި ބޭނުންކުރާ ތަކެތި ފަސޭހަކަމާއެކު ބޭނުން ކުރަން ލިބޭނެގޮތަށް ތަކެތި އިންތިޒާމް ކޮށްފައި ބެހެއްޓުން.

10-  އެކިއެކި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މުބާރާތްތަކަށް ދަތިނުވާނެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުވުމާއި ބައިވެރިކުރާ ޓީމު ނެގުމުގައި އެހީތެރިވެދެއްވުން.

11-  އެކިއެކި މުބާރާތްތަކަކަށް ޓްރޭނިން ދިނުމުގައި އެކަންތައްތައް ރާއްވައައި ކޯޗުންގެ ކަންތައްތަށް މެނޭޖްމެންޓާއި ވާހަކަ ދައްކައިގެން ހޯއްދަވައި ކޯޗިންނާބެހޭ ރެކޯޑްތައް ބެލެހެއްޓުން.

12-  ކޮންމެ ޓާމެއް ނިމުމާއިއެކު އެޓާމުގައި ހިންގުނު ސްޕޯޓްސް ހަރަކާތްތަކާއި ޕީއީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރު ކުރައްވައި ޕްރިންސިޕަލަށް ހުށަހެޅުއްވުން.

13-  ޕީއީ އާއި ސްޕޯޓްސް ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުންދީނުން.

14-  މުދައްރިސުން ހަމަނުވާ ހާލަތްތަކުގައި ޕީއީ ގަޑިތައް ނެންގެވުން.

15-  ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި ދިވެހި ސިވިލްސަރވިސް ގަވާއިދު ތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގައާއިދުތަކާ އަދި ސްކޫލްގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުން.

   16-  ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމް ކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުން.

 

 

އެހެނިހެން ޢިނާޔަތްތައް

-                     އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސުންގަޑި

-                     މަޤާމްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ށ.އަތޮޅު މަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށްއެދި ހުށަހަޅަންޖެހޭ ލިޔުންތައް.

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( މިފޯމު ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv ންނާއި މިމަދަރުސާގެ

   އޮފީހުންވެސް ލިބެންހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ވަޒީފާއަށްއެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލޭނެކަންތައް

1-   ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުތައް.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

4- އަޚުލާޤީ ފެންވަރާއި ރިވެތި ސިފަތައް.

5- މަޤާމްތަކަށް މުވައްޒަފުން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ މަޤާމަކާ ގުޅޭގޮތުން ކުރެވޭ އިންޓަވިޔުއަށް ބެލުމަށްފަހުއެވެ.

6- އިންޓަވިޔު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 7 (ހަތް) ދުވަހުގެ ތެރޭގައި ށ.އަތޮޅު މަދަރުސާގައެވެ.

މަޢުލޫމާތު ސާފުކުރުން

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ ނަންބަރު 6540059 ފޯނަށް ގުޅުއްވުން އެދެމެވެ. 

                        24 ރަމަޟާން  1438  

                         19 ޖޫން 2017     

19 ޖޫން 2017
ހޯދާ