ދިވެހިރާއްޖެ
ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު 25 ރަމަޟާން 1438 ވާ އަންގާރަ ދުވަހުން ފެށިގެން 27 ރަމަޟާން 1438 (20 ޖޫން 2017 ން 22 ޖޫން 2017) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. ޒަކާތް ބަލައިގަންނާނީ، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ. ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް ބަހަން ފަށާނީ 28 ރަމަޟާން 1438 (23 ޖޫން 2017) ވާ ހުކުރު ދުވަހުއެވެ. ފިޠުރުޒަކާތް ދައްކަވާނީ މީހަކަށް 2.4 ކިލޯ އެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުންނެވެ.
ޒަކާތް ބަލައިގަންނަ ވަގުތުތަކާއި ބެހުމަށް ހަމަޖެހިފައިވާ ވަގުތުތައް ތިރީގައި އެވަނީއެވެ.
ބަލައިގަންނަ ގަޑިތައް: ( 25 ރަމަޟާން 1438 - 27 ރަމަޟާން 1438 )
ހެނދުނު 10:00 އިން މެންދުރު 12:00 އަށް
މެންދުރު 1:00 އިން ހަވީރު 5:00 އަށް
ރޭގަނޑު 8:00 އިން 10:30 އަށް
ބަހާ ގަޑިތައް: ( 28 ރަމަޟާން 1438 - 29 ރަމަޟާން 1438 )
މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް
ރޭގަނޑު 9:00 އިން 10:30 އަށް
25 ރަމަޟާން 1438