ދިވެހިރާއްޖެ
ނަންބަރު: NAM/IUL/2017/15
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017
މިއެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން "ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017" 20 ޖުލައި 2017 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ޑިވިޜަން ވަކިންނެވެ.
މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި އެސޯސިއޭޝަންގެ މެމްބަރުންގެ ތެރެއިން، 13 ޖުލައި 2017 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދަށުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
ވީމާ، މި މުބާރާތުގައި ވާދަކުރައްވަން އެދޭ ފަރާތްތަކުން، 16 ޖުލައި 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާން އެދޭކަމުގެ ލިޔުމާއި ޓީމު ލިސްޓު މިއެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9792300 އަށް ގުޅުއްވުން އެދެމެވެ.
18 ޖޫން 2017