މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލްއާއި ގުޅިފައިވާ 5639.21 އަކަފޫޓު ޕްލޮޓް ކުއްޔަށް ދޫކުރުން (ދެވަނަ ގޮވައިލުން) :

ނަންބަރު: MREIC/IU/2017/0012 

 

ކުއްޔަށް ދޫކުރުން

 

ރާންނާ ގިމަތަ (ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލް) އާއި ގުޅިފައިވާ 5639.21 އަކަފޫޓު ޕްލޮޓް ކުއްޔަށް ދޫކުރުން (ދެވަނަ ގޮވައިލުން) :

 

ރާންނާ ގިމަތަ (ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލް) އާއި ގުޅިފައިވާ 5639.21 އަކަފޫޓު ޕްލޮޓް އަމިއްލަ ޙަރަދުގައި ތަރައްޤީކުރެވޭނެ ފަރާތަކަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް 2017 މޭ 15 ގައި ކުރި އިއުލާނާ (MREIC/IU2017/0010) ގުޅިގެން އެކަށީގެންވާމިންވަރަށް ތަރުހީބުލިބިފައި ނުވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހު 13:30 އަށް، މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށައެޅުން އޮންނާނީ 2017 ޖުލައި 10 ވާ ހޯމަ ދުވަހު 13:30 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.  

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

                            23 ރަމަޟާން 1438

                              18 ޖޫން 2017

18 ޖޫން 2017
ހޯދާ