ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އިދާރާގެތިރީގައި މިދަންނަވާމަޤާމަށްމީހަކުބޭނުންވެއްޖެއެވެ.
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-289914 |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
ޖީ. އެސް.3 |
މަޤާމުގެ ކޮލިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
ކޯޕަރޭޓް އެފެއާޒް ޔުނިޓް |
މަޤާމު އޮތް އޮފީސް: |
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރާ ތަން: |
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ |
މުސާރަ: |
4465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1500.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް |
1. ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މެއިލްކުރަންޖެހޭ ލިޔެކިޔުންތައް މެއިލްކޮށް ލިބެންޖެހޭ ފަރާތްތަކަށް ލިބުނުތޯ ކަށަވަރުކޮށް ހޯދަންޖެހޭ ޖަވާބު ހޯދާ ޖަވާބުދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން. 2. މެއިލުން ނުވަތަ ޖެމްސް އިން ކައުންސިލަށް ލިބޭ ލިޔެކިޔުން ވަގުތުންވަގުތަށް ބެލޭގޮތަށް އިންތިޒާމުކޮށް، ޖެމްސް އިން ފޮނުވަންޖެހޭ ލިޔެކުން ފޮނުވުން 3. އެންޓްރީ ކުރުން 4. ޕޮޕިއުލޭޝަން ރަޖިޓްރީ ބެލެހެއްޓުން. 5. އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން. 6. އުފަންދުވަހުގެ ސެޓްފިކެޓް ހެދުން. 7. އެކިފަރާތްތަކާއިއެކު ކައުންސިލުންބާއްވާ ބައްދަލުވުންތައް އިންތިޒާމުކޮށް އެ ބައްދަލުވުންތަކުގެ ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން. 8. ދުވަހު ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން. 9. މުވަށްޒަފުންގެ ޙާޟިރީ ބެލެހެއްޓުން. 10. މުވައްޒަފުންގެ ޗުއްޓީ ރެކޯޑު ބެލެހެއްޓުން. 11. ފައިނޭންސް އޮފިސަރ އޮފީހަށް ހާޟިރުވެނުލައްވާ ދުވަސްތަކުގައި ފައިސާއާއިބެހޭ އެންމެހާމަސައްކަތްތައްކުރުން 12. މީގެ އިތުރުންވެސްކައުންސިލް އިދާރާގެ މަސްއޫލިއްޔަތާއި ގުޅުންހުރި މަސައްކަތެއް ކުރަން އަންގައިފިނަމަ އެކަމެއްކުރުން. |
މަޤާމުގެ ޝަރުޠުތައް |
ނުވަތަ
|
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް. |
1. ލިބިފައިވާތަޢުލީމާއިތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. ލިބިފައިވާހުނަރު. 4. އިމްތިޙާން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާވަޒީފާއަށްއެދޭފޯމް(މިފޯމްމިލަދުންމަޑުލުދެކުނުބުރީކުޑަފަރީކައުންސިލްގެއިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.) 2. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު(ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.) 3. ވަޒީފާއަށްއެދޭފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ. 4. ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،ހޮވިފައިވާ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 5. ލިބިފައިވާތަޢުލީމީސެޓްފިކެޓްތަކުގެކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ރާއްޖޭގެ ޕޮރޮގުރާމްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ (ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ. 8. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
ދެންނެވުނު މަޤާމާގުޅޭ ދާއިރާތަކުގެ ސެޓްފިކެޓްގެ ގޮތުގައި، އައިޓީ ދާއިރާ، ޓީޗިންގ ދާއިރާ، ބިޒްނަސްދާއިރާ، ހިޔުމަން ރިސޯސަސްގެ ދާއިރާ، މެނޭޖްމެންޓް ދާއިރާ، އެކައުންޓިންގ ދާއިރާ އަދި ސިއްޙީ ދާއިރާ ގެ ސެޓްފިކެޓް ބެލޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2017 ޖުލައި10 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީ-މެއިލް:[email protected] ) |
އިންޓަވިއުއާއި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު.
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ 2017 ޖުލައި11 ވާ އަންގާރަދުވަހާއި 2017ޖުލައި15 ވާހޮނިހިރު ދުވަހާއި ދެމެދުގެ ދުވަހެއްގައި މިއިދާރާގައެވެ. ވިމާ މި މަޤާމަށް ކުރިމަތިލައްވާފަރާތްތަކުން ދެންނެވުނު މުއްދަތުގެ ތެރެއިން ދުވަހެއްގައިއިންޓަވިއުއަށް އަދި އިމްތިޙާނަށް ވަޑައިގަނަވަންޖެހިދާނެކަމަށް ތައްޔާރުވެގެންތިއްބެވުން އެދެމެވެ. ފޯނުން އިންޓަވިއުކުރާގޮތަށް ހަމަޖެހިފައެއް ނުވެއެވެ. |
ޝޯޓް ލިސްޓުކުރުން: |
މި އިޢުލާނާގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10އަށް ވުރެ ގިނަ ނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5ފަރާތް ޝޯޓުލިސްޓު ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ. |
- މަޤާމަށް މީހަކު ހޮވުމަށް ކަނޑައަލާފައިވާ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބޭ ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560015 ނަންބަރު ފޯނާއެވެ. |
|
23 ރަމަޟާން 1438 |
18 ޖޫން 2017