މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީން ތައްޔާރުކުރެވިފައިވާ ޑިޒައިނާ އެއްގޮތަށް 'ތްރީ އާރް އެވާޑް' ހަދައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

 

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ވެށި ސާފުކުރުމާއި، ކުނި މެނޭޖުކުރުމުގައި ތިމާވެއްޓާއި ރައްޓެހި އުސޫލުތަކާއި، އާދަތައް ގެންގުޅޭ މިންވަރުބެލުމަށްފަހު ފާހަގަކޮށްލެވޭ ނަމޫނާ ފަރާތްތަކަށް 'ތްރީ އާރު އެވޯޑް" ގެ ނަމުގައި ޝަރަފްވެރިކަމުގެ އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑު ދިނުމުގެ މަގުޞަދަކީ މިދެންނެވި ކަންކަން ހާސިލް ކުރުމަށް އެފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމެވެ. މި އެވޯޑު ޑިޒައިންކުރުމުގެ މަސައްކަތްވަނީ މިހާރު ކޮށްނިމިފައެވެ. އެހެންކަމުން ތައްޔާރުކުރެވިފައިވާ ޑިޒައިނާއި އެއްގޮތަށް މި އެވޯޑު އުފައްދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މިސައްކަތުގެ " ޓާރމްސް އޮފް ރެފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރީ ބިޑް ބައްދަލުވުން

މިމަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. އަދި މި ންނެވި ތާރީޚްގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 02 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 02 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018341 960+ ފެކްސް: 3018301 960+

15 ޖޫން 2017
ހޯދާ