ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް 

                ދިވެހިރާއްޖެ.                                     

                                             ނަމްބަރު:     (IUL)120/120/2017/25 

އިޢުލާން

ވަޒީފާގެ ފުރުސަތު

 

             މިޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްތިޙާނުތަކުގެ އިދާރީ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ މީހުން 2017 ޖޫން 22 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓަށް ފޯމު ހުށަހެޅުން އެދެމެވެ.

 

މަޤާމު: އެސިސްޓެންޓް އޮފިސަރ

ބޭނުންވާ ޢަދަދު: 1

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ

 

ޝަރުޠު:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން
  2. އައި.ޓީ ދާއިރާއިން ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

މި މަގާމަށް މީހުން ހޮވުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އިސްކަންދެވޭނެ:

  1. މައިކްރޯސޮފްޓް އެކްސެސް ބޭނުންކުރަން އެނގުން
  2. މައިކްރޯސޮފްޓް އެކްސެލް ބޭނުންކުރަން އެނގުން
  3. ޑޮޓް ނެޓްގެ މަސައްކަތްކުރަން އެނގުން
  4. މައިކްރޯސޮފްޓް އެސް.ކިޔު.އެލް ސާވަރ ބޭނުންކުރަން އެނގުން.

 

              ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ  މީހުންނާއެވެ. ޝޯޓްލިސްޓް ކުރެވޭ މީހުންނަށް މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ އެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.

 

                               20 ރަމަޟާން 1438

                                15 ޖޫން 2017

15 ޖޫން 2017
ހޯދާ