ދިވެހިރާއްޖެ
މިއޮފީހުގެ ރިސެޕްޝަން ކައުންޓަރާއި ކައުންޓަރު ހިމެނޭ ސަރަހައްދަށް ބައެއް ބަދަލުގެނައުމަށް ބޭނުންވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު
(IUL)7-ADMN/1/2017/26 އިޢުލާނާއި ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މަސައްކަތް ކުރަންވާނީ މަސައްކަތާ ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 3 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެދުވަހެއްގެ 11:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.