މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:
|
ފޮއްދޫ ސްކޫލް/ ނ.ފޮއްދޫ
|
މަޤާމުގެ ގިންތި:
|
ވަގުތީ
|
ސެކްޝަން:
|
އެޑްމިން ސެކްޝަން
|
ސީ. އެސް ސީ ރޭންކް:
|
ޖީ.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް1
|
މަޤާމުގެ އަސާސީ މުސާރަ:
|
-/4465 ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
|
ސާވިސް އެލަވަންސް:
|
-/1500 ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)
|
މަޤާމުގެ ޝަރުތު:
|
- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު ، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- 2. ސާނަވީ އިމްތިޙާނަކުން2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސްކޫލަށް އަންނަ ޢާއްމު ފޯނުކޯލްތަކަށް ސްކޫލުންކަނޑައަޅާފައިވާ ޢާއްމު އުސޫލުތަކާ އެއްގޮތަށް ޖަވާބުދިނުމާއި، އެކިކަންކަމާއި ގުޅިގެން އަންނަ ކޯލްތައް އެކަމާ ގުޅޭ ފަރާތަކަށް ޕާސްކޮށް ރައްދު ކޮށްދިނުން.
- ސްކޫލަށް އަންނަ އަދި ފޮނުވާ އެންމެހައި ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
- ސްކޫލްގެ ޔައުމިއްޔާތައް ތައްޔާރުކޮށް ދުވަހުން ދުވަހަށް ނިންމާ ބެލެހެއްޓުން.
- ސްކޫލްގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ސްޓޮކް ބެލެހެއްޓުމާއި އެކަންކަމާ ގުޅުން ހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
- އަންނަ ސިޓީ ތަކަށް ޖަވާބު ތައްޔާރު ކުރުން.
- މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރު ކުރުން.
- ސްކޫލްގެ ކުދިންގެ ރިކޯޑްސް ބެލެހެއްޓުން
- ލީވިންގ ސެޓްފިކެޓް ތައްޔާރުކުރުމާއި ކޮޕީފައިލްކުރުން
- ހަވާލުވެފައިވާ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ސްކޫލްގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
|
މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް
|
ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖްރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ، ގާބިލުކަމާއި ސިފަތައް
|
ހުށަހަޅަން ޖެހޭތަކެތި:
|
- ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިސްކޫލް އިދާރާއިން ލިބެންހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)
- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ، ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
|
ހުށަހަޅަންވީ ގޮތް:
|
މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލް އޮފީހަށް ހުށަހެޅުން
|
ސުންގަޑި:
|
22 ޖޫން 2017 ވާ ބުރާސްފަތި ދުވަހު14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަވިއު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުކުރެވޭނީ މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކެވެ.
އިންޓަވިއު އޮންނާނީ 02 ޖުލައި 2017 އާއި 05 ޖުލައި 2017 އާ ދެމެދުގެ ތާރީޚެއްގައި ފޮއްދޫ ސްކޫލްގައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ފޮއްދޫ ސްކޫލްގެ 6561807 ނުވަތަ 6560570 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
|