މަޤާމު:
|
ސްޓޯރ ކީޕަރ
|
ބޭނުންވާ ޢަދަދު
|
1
|
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޝަން
|
އެޑްމިނިސްޓްރޭޝަން ޑިވިޜަން، އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް އައިޓީ ސެކްޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ހޯދޭ ހުރިހާ ތަކެތި އަމާނާތްތެރިކަމާއެކު، ސްޓޮކްކޮށް ބެލެހެއްޓުން.
- ސްޓޮކަށް ލިބޭ ތަކެއްޗާއި ސްޓޮކުން ދޫކުރާ ތަކެތީގެ ލިޔެކިއުންތައް ތައްޔާރުކޮށް ފައިލުކޮށް ބެލެހެއްޓުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ތައްޔާރުކޮށް ފޮނުވުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާ ބެހޭ މަސައްކަތްތައް ކުރުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހުރިހާ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ތަކެތި ހުސްނުވާގޮތަކަށް ސްޓޮކް ބެލެހެއްޓުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސެކްޝަންތަކަށް ބޭނުންވާ ތަކެތި ދޫކުރުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސްޓޮކް ރިޕޯރޓް މަހުންމަހަށް ތައްޔާރުކޮށް ޕްރޮކިއުމަންޓަށް ފޮނުވުން.
- މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސްޓޮކްގައި ހުރި ނައްތާލަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން ނައްތާލުމުގެ ކަންތައްތައް ބެލެހެއްޓުން.
- ތެލެސީމިއާ ކުދިންގެ ފަރުވާއާއި ގުޅޭގޮތުން އަތޮޅުތެރެއަށް ފޮނުވަންޖެހޭ ތަކެތި ޤަވާޢިދުން ފޮނުވުމާއި އޭގެ ރެކޯޑްތައް ބެލެހެއްޓުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
މަޤާމު:
|
ސީނިއަރ ރެޖިސްޓަރޑް ނާރސް
|
ބޭނުންވާ ޢަދަދު
|
1
|
މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް: MS2
|
މުސާރަ
|
މަހަކު 6295/- ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ޑިވިޝަން
|
ސެންޓްރަލް ބްލަޑް ބޭންކް / ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޯޕަތީސް ސެންޓަރ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ބްލަޑް ބޭންކުގައި ނަރުހުންގެ މަސައްކަތައް ބޭނުންވާ އެންމެހާ ތަކެތި ހޯދާފައި ބެހެއްޓުން. އަދި ބްލަޑް ބޭންކުގައި ބޭނުންކުރުމަށް ބެހެއްޓިފައި ހުންނަ އިންޖެކްޝަން އައިވީ ފުޅިތަކަކީ މުއްދަތު ހަމަނުވާ ތަކެތިކަމުގައި ޔަޤީންކުރުން.
- ބްލަޑް ބޭންކްގައި ބޭނުންކުރާ އެންމެހައި އިންސްޓްރޫމަންޓްސް އޮޓޯކްލޭވް ކުރޭތޯ މޮނިޓަރ ކުރުން.
- ޑޯނަރުންގެ ގައިން ރައްކާތެރިކަމާއިއެކު ލޭނެގުމާއި ޑޯނަރ ކެއަރ ދިނުން އަދި ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން.
- ބްލަޑް ބޭންކްގެ މަސައްކަތްތަކުގެ ރިޕޯރޓްތަކާއި ރެކޯޑްސްތައް ބެލެހެއްޓުން.
- ބްލަޑް ބޭންކްގައި މަސައްކަތްކުރާ ނަރުހުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- ބްލަޑްކޭމްޕްތަކުގައި ބައިވެރިވުން އަދި ބްލަޑް ކޭމްޕްތަކުންލިބޭ ބްލަޑްގެ ސްޓޮކް ބެލެހެއްޓުން.
- ތެލެސީމިއާ ކުދިންނަށް ލޭގުޅައިދިނުމާއި ލޭގުޅައިގެންތިބޭ ވަގުތު ޕޭޝަންޓުން މޮނިޓަރކުރުން. އަދި ތެލެސީމއާ ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުދިންނަށް މައުލޫމާތުދިނުން.
- ވޯޑަށް ބޭނުންވާ އެންމެހާ ތަކެތި މަދުނުވާހެން ހޯދައިފައި ބެހެއްޓުން. އަދި ވޯޑުގައި ހުންނަ ބޭސް، އިންޖެކްޝަން އައި.ވީ ފުޅިތަކަކީ މުއްދަތު ހަމަނުވާ ތަކެތިކަމުގައި ޔަޤީންކުރުން. އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
- ޖޫނިއަރ ނަރުހުން އަދި އެޓެންޑެންޓުންގެ މަސައްކަތްތައް ބެލުން.
- ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
- ތެލެސީމިއާ ކުދިން ދަގަނޑުގެ ބައިތައް ދަށްކުރުމަށް ބޭނުންކުރާ ބޭސްތައް ދޫކުރުން.
- ސުޕަވައިޒަރު ނެތް ޙާލަތެއްގައި ވޯރޑްގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
- ނަރުހުންގެ ފެންވަރު ރަގަޅުކުރުމަށްޓަކައި ޕްރޮގްރާމް ހިންގުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓަކުން ނާރސިންގް ޑިގްރީއެއް ހާސިލްކުރުމަށްފަހު 2 އަހަރު ދުވަހު ރެޖިސްޓަރޑް ނާރސްއެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ރެޖިސްޓަރޑް ނާރސް އެއްގެ ގޮތުގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. އަދި
- · ޕާރފޯމަންސް އެޕްރައިޒަލްގެ ފާއިތުވި 4 އަހަރުގެ އެވްރެޖް %80 ވުރެ މަތި ހާސިލްކޮށްފައިވުން. އަދި،
- · މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި،
- · އަޚްލާގީ (ޑިސިޕްލިން) އަދި މެޑިކަލް ނެގްލިޖެންސް ގެ އެއްވެސް މައްސަލައެއް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރެކޯޑްކުރެވިފައި ނެތުން.
|
މަޤާމު:
|
ރެޖިސްޓަރޑް ނާރސް
|
ބޭނުންވާ ޢަދަދު
|
1
|
މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު 5610/- ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ޑިވިޝަން
|
ސެންޓްރަލް ބްލަޑް ބޭންކް / ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޯޕަތީސް ސެންޓަރ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތެލެސީމިއާ ކުދިންނަށް ލޭގުޅައިދިނުމާއި ލޭގުޅައިގެންތިބޭ ވަގުތު ޕޭޝަންޓުން މޮނިޓަރކުރުން. އަދި ތެލެސީމއާ ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުދިންނަށް މައުލޫމާތުދިނުން.
- ލޭގުޅާގެން ތިބޭ ކުދިން މޮނިޓަރ ކުރުން، އަދި ލޭގުޅުމާ ގުޅިގެން ކުއްޖާއަށް އަންނަ އެއްވެސް ބަދަލެއް އާދޭތޯ ބަލައި، ކަނޑައެޅިފައިވާ ވަގުތުގައި ލޭއަޅާ ނިންމުން.
- ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
- ތެލެސީމިއާ ކުދިން ދަގަނޑުގެ ބައިތައް ދަށްކުރުމަށް ބޭނުންކުރާ ބޭސްދޫކުރުން.
- ބްލަޑް ބޭންކުގައި ބޭނުންކުރުމަށް ބެހެއްޓިފައި ހުންނަ އިންޖެކްޝަން އައިވީ ފުޅިތަކުގެ މުއްދަތު ޗެކްކޮށް ބެލެހެއްޓުން.
- ބްލަޑް ބޭންކްގައި ބޭނުންކުރާ އެންމެހައި ތަކެއްޗާއި އިންސްޓްރުމަންޓްސް އޮޓޯކްލޭވް ކުރުން.
- ޑޯނަރުންގެ ގައިން ރައްކާތެރިކަމާއިއެކު ލޭނެގުމާއި ޑޯނަރ ކެއަރ ދިނުން އަދި ދިމާވާ އާދަޔާޙިލާފްކަންކަން ސުޕަވައިޒަރައް ރިޕޯރޓްކުރުން.
- އަމިއްލަޔަށް އެދިގެން ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކުރުމުގެ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެހީތެރިވެދިނުން.
- ބްލަޑްކޭމްޕްތަކުގައި ބައިވެރިވުން އަދި ބްލަޑް ކޭމްޕްތަކުންލިބޭ ބްލަޑްގެ ސްޓޮކް ބެލެހެއްޓުން.
- ވޯޑުގައި ހުންނަ ބޭސް، އިންޖެކްޝަން އައި.ވީ ފުޅިތަކަކީ މުއްދަތު ހަމަނުވާ ތަކެތިކަމުގައި ޔަޤީންކުރުން. އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓް އެއްގައި ނާރސިންގް ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން.
ނުވަތަ
- ޑިޕްލޮމާ އިން ކޮންވާރޝަން އިން ނާރސިންގް ކޯސް ފުރިހަމަކޮށްފައިވުން.
(އެންރޯލްޑް ނާރސް އެއް ކޮންވާރޝަން އިން ނާރސިންގް ކޯހުގައި ބައިވެރިވުމަށްޓަކައި މަސައްކަތުން ރިލީސް ކުރެވޭނީ މަދުވެގެން 2 އަހަރު އެންރޯލްޑް ނާރސްއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހުގައެވެ.)
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުންނާއި ސިވިލް ސަރވިސްގެ ސައިޓުން ލިބެން ހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާ ކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
(ހ) މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސަ ޓްރޭނިންގް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލައިސެންސާއި ރެޖިސްޓްރޭޝަން.
- ސީނިއަރ ރެޖިސްޓަރޑް ނަރުހުންގެ ވަޒީފާއަށް ހުށަހަޅާ ބޭފުޅުން މަސައްކަތުގެ ތައުލީމާއި ތަޖުރިބާގެ ދެވަނަ ޝަރުތަށް ހުށަހަޅާނަމަ ފާއިތުވި 4 އަހަރުގެ ޕާރފޯމަންސް އެޕްރައިސަލްގެ ކޮޕީއެއް ނުވަތަ މާރކްސް އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- މީހުންނާ ރަގަޅަށް މުޢާމަލާތް ކުރަން އެގުން.
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
- އިނގިރޭސި ބަހުގެ ފެންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަންއެގުން / މަސައްކަތް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން.
- ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ރަމަޟާން މަހުގެ ޢިނާޔަތް.
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
- ޑިއުޓީ އުޞޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.
|
ސުންގަޑި
|
21 ޖޫން 2017 ވަނަ ދުވަހުގެ 13:00 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2017 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް، މިނިސްޓްރީ އޮފް ހެލްތް (މަޖީދީމަގު).
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ.
|
|
|
|
|
|